ads
ލެވޯ ރެސްޓޯރެންޓް--
ރޯދަމަހު ކާބޯތަކެތީގެ ހިދުމަތްދޭ ގަޑިތައް އިއުލާނުކޮށްފި
ރޯދަމަހުގެ ރޭތަކާއި، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ، ރޯދަމަހުގެ ރޭތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. އަދި، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން މި ގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށް އަންގާ އިޢުލާންކޮށްފަ އެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވަނީ 08 މާރޗުން ފެށިގެން ރޯދަ މަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަޑިވެސް އިއުލާނުކޮށްފަ އެވެ. މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 11 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް