ads
ބ. ކެންދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ގިނަ ރަށްތަކުގައި ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފެށިއްޖެ: ރައީސް
އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ދައްކައި، ވަރަށް ގިނަ ރަށްތަކުގައި ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކެންދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ،މާލީ ހާލަތު އޮތީ ވަރަށް ދެރަ ހާލަތެއްގައިކަމަށާއި އެހެންކަމުން ކުންފުނިތަކުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުނިތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. އަދި އެއާއެކުއެކީގައި އިގުތިސޯދަށް އިތުރު ފައިސާ ވަންނާނެ މަސައްކަތްތައްވެސް ފައްޓާވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއާޕޯޓްތައް ނިންމާ ހުޅުވުމަށް އިސްކަން ދެނީ އަވަސް ސްޕީޑްގައި އިގުތިސޯދު ހަމަ މަގަށް އެޅުވުމަށް މަގުފަހިވަނެތީ. ދަރަނި ދެއްކުމުގެ ފުދުންތެރިކަން ލިބޭނެތީ. ކުރިއަށް އޮތީ ނަތީޖާ ފެންނަނެ ދުވަސްތަކެއް." ރައީސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ރަށްރަށުގެ ވަރަށް ގިނަ ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައިކަމަށެވެ. އެ މަސައްކަތްތައް ހުއްޓިފައިހުރީ މަސައްކަތްކުރި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނިމިދިޔަ ސަރުކާރުން ނުދައްކާ އޮތުމުންކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށާއި، ހަމައެކަނި ފެނަކަ ކުންފުނިންވެސް 4 ބިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ނުދައްކާ އޮތްކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އެތައް ޚިދުމަތެއް ނުލިބި އޮތްކަންވެސް ލިބުމާއި ހަމައަށް ނުގޮސް އެތައް މަސައްކަތެއް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް