ads
ޔޫތް ހެކްގެ އެއްވަނަ ޓީމް ފަންނުވެރިން
ޔޫތު ހެކް2024: އެއްވަނަ ޓީމަކަށް "ފަންނުވެރިން"
މިނިސްޓްރީ އޮފް ޔޫތު އެންޕަވާމަންޓް އިންފޮމޭޝަން އެންޑް އާރްޓްސް އިން ކުރިޔަށް ގެންދިޔަ މޯލްޑިވްސް ޔޫތު ހެކަތޯން އިން އެއްވަމަ "ފަންނުވެރިން"ގެ ޓީމު ހޯދައިފިއެވެ.

މި ހެކަތޯން ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ރޭ ބާއްވާފައިވާއިރު މި ހެކަތޯންއިން އެއްވަނަ އަށް ދިޔަ "ފަންނުވެރިން"ގެ ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ. މި ޓީމަށް ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓާ ޑރ. މަރިޔަމް މާރިޔާ އެވެ.

މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވާފައިވަނީ "ހަފްލާ" އެވެ. އަދި ތިން ވަނަ ޓީމަކަށް ހޮވާފައިވަނީ "ޓީމު ބްރައިޓް މައިންޑްސް އެޑިއުކޭޝަން" އެވެ.

މި ހެކަތޯން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓާ އިބްރާހިމް ވަހީދު ވިދާޅުވީ، ޒުވާނުންގެ ހުރި ހިޔާލުތައް ކުރިއަރުވާ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށެވެ.

"ދިވެހި ޒުވާނުންނަށް، މިތަނުގައި ތިއްބެި ޒުވާން ކުދިންނަށް މަސައްކަތް ކޮށްލާފަ ލިބޭ ހުސްވަގުތުކޮޅުގައި މި ކުރާ ކަމުން އާމްދަނީއެއް ލިބޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން މިދަނީ، ރަނގަޅު އެއްޗެއް، ކާމިޔާބު މަސައްކަތެއް ކުރެވޭތޯ، އެމަސައްކަތުގެ ކާމިޔާބުގެ ފޮނިކަން ތިބޭފުޅުންނަށް ލިބޭނެ، އަތުން ދޫކޮށް ނުލައްވާ" މިނިސްޓާ ވިދާޅުވިއެވެ.

ޒުވާނުން ބޭނުންވާ މަސައްކަތް ކުރާނެ ތަނެއް ނެތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ދިވެހި ޒުވާނުންނަށް މަސައްކަތް ކުރެވޭނެ އޮފީސް މާހައުލެއް ފަހިކޮށްދެއްވާނެ ކަމަށެވެ.

your imageޔޫތް ހެކް އިން ވަނަ ވަނަ އަށް ދިޔަ ޓީމްތައް 

"ތި ބޭފުޅުން މަސައްކަތް ކުރާނެ ތަނެއް ނެތްކަން އަޅުގަނޑުވެސް ފާހަގަކުރަން، ގިނަ ކުދިންގެ އޮފީހަކީ ގޭގެ ކޮޓަރި، އެ ޕްރައިވަސީއެއް އެހެން ކުދިން ގޮވައިގެން އެކަން ކުރުމުގެ ފުރުސަތެއް ނެތް، އިދާރީ މަސައްކަތް މިކުރަނީ ސައިކަލު މަޑިދަށުގައި، އެއީ އޮފީހުގެ އެއް ބައި، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ވެރިކަމުގެ ތެރޭގައި ތިބޭފުޅުންނަށް ނިމުމަކަށް ގެނެސްދޭނަން، ދިވެހި ޒުވާނުންނަށް މަސައްކަތް ކުރެވޭނެ އޮފީސް މާހައުލެއް ފަހިކޮށްދޭނެނަން، ފުރުސަތު ހޯދައިދޭނަން" މިނިސްޓާ ވިދާޅުވި އެވެ.

މި ހެކަތޯންގައި ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާއިރު މި ހެކަތޯން ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. މި ހެކަތޯންގައި 3 ދާއިރާއަށް ޕިޗް ކުރުމަށް ހުޅުވާލިއެވެ. އެއީ މެންޓަލް ހެލްތާއި އިނޯވޭޓިވް މާކެޓްޕްލޭސް އަދި ކްރިއޭޓާ އެކޮނޮމީއެވެ.

މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި މާސްޓާކާޑް، މޯލްޑިލްވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ރާއްޖެއޮންލައިން (އާރް.އޯ.އެލް) ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް