ads
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ފްލެޓް ފޯމުތައް މުރާޖާ ކުރުމުގައި ސިޓީ ކައުންސިލް ބައިވެރި ނުވާތީ ސައިފްގެ ކަންބޮޑުވުން
4000 ފްލެޓް ފޯމްތައް މުރާޖާކުރާއިރު އެކަމުގައި ސިޓީ ކައުންސިލްއް ބައިވެރިވުމެއް ނުވާތީ މާލޭ ސީޓީ ކައުްސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

މިއަދު ބޭއްވި މާލޭސިޓީ ކައުންސިލްގެ 179 ވަނަ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސައިފް ވަނީ ފްލެޓްތަކަާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ދެއްކެވި ވާހަކައަށް އަލިއަޅުއްވާލާފައެވެ. 

ސައިފް ވިދާޅުވީ  ފްލެޓްތައް ރީއިވާލުއޭޓް ކުރާކަމަށްވަންޏާ ސިޓީ ކައުންސިލްގެ ފަރާތުންވެސް  ލަފާދޭ ކޮމިޓީއެއް އޮތް ކަމަށެވެ. އެހެންނަމަވެސް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާ މުއްތަލިބް  ދެއްކެވި ވާހަކާގައި އެކޮމިޓީއަކަށް އިޝާރާތެއް ކުރައްވާފައެެއް ނެތް އިރު ސަރުކާރުން އެކުލަވާލާފައި އޮތް ލަފާދޭ ކޮމިޓީއެއްވެސް އޮތްއިރު މައުލޫމާތު ލިބޭގޮތުގައި، އެ ކޮމިޓީއަކަށްވެސް ރީއިވާލުއޭޝަންގެ އެއްވެސް މަރުހަލާއެއްގެ މައުލޫމާތެއް ލިބިފައެއް ނުވާކަން ސައިފް ވިދާޅުވިއެވެ. އަދި އެކަން ހާމަވެފައިވަނީ  މާލޭ ސިޓީ ކައުންސިލްއަށް ކޮމިޓީގެ ބައެއް މެމްބަރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުން ކަމަށް ސައިފް ވިދާޅުވިއެވެ.

ދެފުއް ފެންނަ ގޮތެއްގައި، 3 ވަނަ ލޮލަކަށް ފެންނަހިސާބުގައި ފްލެޓްގެ މަސައްކަތް ހިންގުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ސިޓީ ކައުންސިލްއަށް ޒިޔާރަތް ކުރައްވާ އެކަމުގެ ޔަގީންކަން ދެއްވާފައި ވާަކަން ސައިފް ފާހަގަކުރެއްވިއެވެ. އެއީ ސީދާ ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވަވާފައި އޮތް އަހުދު ކަށަވަރެއް ކަމަށްވެސް ސައިފް ވިދާޅުވިއެވެ. އެހެންކަމަށްވުމާއެކު ކަންބޮޑުވަނީ 4000 ފްލެޓް ފޯމު ރީ އިވާލުއޭޓް ކުރާއިރުގައި މާލޭ ސިޓީ ކައުންސިލްއަށް އޭގެ އިޝާރާތެއް ނުވާތީ ކަމަށް ގަލުޅު އުތުރު ދާއިރާގެ ކައުންސިލަރު ވިދާޅުވިއެވެ.

"2 ވަނަ ކަމަކަށް މިނިސްޓާ ވިދާޅުވި 4000 ފޯމް އޭ ރީއިވާލުއޭޓް ކުރައްވަނީ ، އަޅުގަނޑުގެ ސުވާލަކީ މިހާރު ރީއިވާލުއޭޓް ކޮށްފައި ބަލާބެލުމުން ، މިސާލަކަށް މީހެއްގެ ޝަރުތު ހަަމަނުވާކަމަށް ނިމެނީ ، ނިމުނީމާ ދެން އެ ސްލޮޓަށް އަންނާނެ މީހަކު އެބަ ޖެހޭ ޑިޓާމިން ކުރަން ، ޑިޓާމިން ކުރެވޭނީ ހުރިހާ ފޯމެއް އަނެއްކާވެސް ބަލާގެން ނޫންބާވައޭ އަޅުގަނޑު ހިތަށް އަރާ" ސައިފް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަަކީ މާލޭ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުން ހުރިަކމެއްކަމށް ފާހަގަކުރައްވާ ސައިފްވަނީ އެހެންކަމަށްވުމާއެކު ފްލެޓްގެ މަސައްކަތް އޮތީ ހަގީގަތް ވާނުވާ ނޭންގޭ ހިސާބުގައި ކަމަށް ވިދާޅުވެފައެވެ. 

އަނެއްކާވެސް ހައުސިން މިނިސްޓާ އަރިހުގަިއ އެދެނީ މާލޭ ސިޓީ ކައުންސިލުން އެކަމުގައި ބައިވެރިވުމިުގެ ފުރުސަތު ރައީސް ދެއްވާފައި ގޮތުގެ މަތިން އެކަަމަށް ފަހިކޮށްދެއްވުމަަށް ކަމަށް ސައިފް ވިދާޅުވިއެވެ. އަދި މަރުހަލާ  ނިމުމުން ލިސްޓެއް ބަލަން ދާބަޔަަކަށް ވާކަށް ބޭނުމެއް ނޫން ކަަމަށާއި ބަލަން ބޭނުންވަނީ މަރުހަލާ ހިނގަމުން ދާގޮތްކަަން ސައިފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް