ads
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އަޅުގަނޑުގެ އެތެރެހަށި ކޮނެލައިފިއްޔާ އެމްޑީޕީ ނޫން އެއްޗެއް ނުފެންނާނެ: ފުއާދު
ކުރިންވެސް މަސައްކަތް ކުރެއްވީ އެމްޑީޕީ ބޭފުޅުންނާއެކީގައި ކަމަށާއި މިހާރު ހަށިގަނޑު ކޮނެލައިފިޔަސް ފެންނާއި އެމްޑީޕީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއެވެ. ޯ
Advertisement

ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ސުވާލުކުރެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އޭނާއަކީ އެމްޑީޕީ އަކީ އޭނާގެ އެއްބައި ގޮތަށް ދެކޭ ޕާޓީއެއް ކަމަށެވެ. މިވަގުތު މިނިވަން މުއައަސާއެއްގައި ހުންނައިރު، ޕާޓީއަކު ނުހުރެވޭނެކަން ފާހަގަކޮށް ވިދާޅުވީ އެތެރެހަށި ކޮނެލާފިއްޔާ، އެހެން އެއްޗެއް ނުފެންނާނެކަމަށެވެ.

ފުއާދު މިހެން ވިދާޅުވީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އާޒިމް ވިދާޅުވީ، ރޯދަ މަހު މަޖިލިސް އިންތިހާބުު ނުބޭއްވުމަށް ޕާޓީތަކުން އެދެމުން ދަނިކޮށް ވެސް އީސީން ކުރިން ނިންމީ ސަރުކާރުން ބޭނުންވި ގޮތަށް ރޯދަ މަހު އިންތިހާބު ބޭއްވުމަށް ކަމަށެވެ. އެކަމާއި ކަންބޮޑުވުން ފާޅުކޮށް އާޒިމް ވިދާޅުވީ، މިނިވަން މުއައްސަސާތަަކުގެ އަމަލުތައް ހުންނަނީ، އަބަދުވެސް އޭރަކު އޮންނަ ސަރުކާރު ބޭނުންވީމަ، އެ ބޭނުންވާ ގޮތަށް ކަންތައް ކުރާގޮތައް ކަމަށެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން ވަރަށް ޖަޒުބާތުގައި ޖެހިވަޑައިގެން ފުއާދު ވިދާޅުވީ 2014އާ ހަމައަށް އާޒިމާއި އެމްޑީޕީއަކީ ވެސް އޭނާއާ ވަރަށް ގާތުން މަޖިލީހުގައި، ވަރަށް ހިތްވަރު ދީ މަސައްކަތް ކުރި ބައެއް ކަމަށެވެ.

އަދި 2014ގައި އޭރުގެ ސަރުކާރުން އެންގި ބައެއް ކަންކަމަށް ބޯ ނުލެނބުމުން ސުޕްރީމް ކޯޓުން ފުއާދު އެ ކޯޓުގެ ހުރުމަތް ކެނޑީކަމަށް ނިންމިކަމަށް އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުގެ ބަސްނާހައިފިއްޔާ ޖަލަށް ވެސް ލާގޮތަށް އަދި ބަސްއަހަފިއްޔާ އެއް އަހަރު އީސީގައި ހުރެވޭ ގޮތަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

"ބަސްނާހައިފިއްޔާ ޖަލަށް ވެސް ލާ ގޮތަށް. ބަސްއަހައިފިއްޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ހުރެވޭ ގޮޮތަށް ހެއްދެވީ. ދެން ބަސްނޭހިދާނެތީ. އަޅުގަނޑު ފުރައިގެން ރާއްޖެއިން ބޭރަށް އެފަހަރު ދިޔައީ." އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވި އެވެ.


އޭގެ ފަހުން، ނޮވެމްބަރުގައި ދައުރު ނިމެން އޮއްވާ ސުޕްރިމް ކޯޓުން އޭނާ އެޕްރިލް މަހު ވަކިކުރި ކަމަށާއި، އެ މައްސަލައިގައި ދައުރުގެ ބާކީ މަސްތަކަށް ފައިސާ ދޭން އީސީއަށް ލިޔުނު ކަމަށް ފުއާދު ވިދާޅުވިއެވެ.

"ދެން އިލެކްޝަންސް ކޮމިޝަނުން ފިނޭންސަށް ލިޔުއްވާނެ ވާހަކަ ވިދާޅުވެފައި އަދި މިއަދާ ހަމައަކަށް ފިނޭންސް މިނިސްޓްރީން އެ ސިޓީއަކަށް ޖަވާބެއް ނުދެއްވާ،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ވެސް އެ ފައިސާ އޭނާއަށް ދިނުމަށް ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެން ކަމަށެވެ

އެހެން ނަމަވެސް ރައީސް ނިންމެވީ އެގޮތަށް އެކަން ހަމަޖައްސައިދެވެން ނެތްކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް