ads
04 މާޗު 2024، ޖަޕާން ސަރުކާރުން، ސޯސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ފައިސާގެ އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޖަޕާން އެމްބަސީ
ދަރިމައިވުމުގެ ސިއްހަތު ހަރުދަނާ ކުރުމަށް ޖަޕާނުގެ ހިލޭ އެހީ ޝީ އަށް
ދަރިމައިވުމުގެ ސިއްހަތު ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރުން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)އަށް 1.13 މިލިއަން ރުފިޔާގެ ހިލެ އެހީ ފޯރުކޮށްދެން ނިންމައިފި އެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން އެ ފައިސާ ޝީއަށް ހަދިޔާކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓޭކްއުޝީ މިޑޯރީއެވެ. ޝީގެ ފަރާތުން އެ ފައިސާއާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ސީއީއޯ އިޔާޝާ ލީނާއެވެ.

ޖަފާން އެމްބަސީން ބުނީ އެ ފައިސާ ހަދިޔާ ކޮށްފައިވަނީ "ދަ ޕްރޮޖެކްޓް ފޯ ސްޓްރެންތިން މެޑިކަލް ސިސްޓަމް ފޯ ކްލިނިކަލް ޑައިގްނޯސްޓިކްސް އެންޑް ރީޕްރަޑަކްޓިވް ހެލްތު ސާވިސް އިން މާލޭ" ގެ ބޭނުމަށް ކަމަށެވެ.

އެގޮތުން، މި އެހީގެ ދަށުން 10 ކްލިނިކަލް އިކުއިޕްމަންޓު ޝީއަށް ޖަޕާނުގެ ފަރާތުން ފޯރުކޮށްދޭނެ އެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތް ފެށުމާއެކު ޝީގައި މިހާރު ހުރި ތެލެސީމިއާ ލެބޯޓަރީގެ ފެސިލިޓީސްތައް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ. އެގޮތުން ޖީން ސީކުއެންސިން ޓެކްނޮލޮޖީ އަދި ސްކޭން ސާވިސަސްގެ އިތުރުން ފެމިލީ ޕްލޭނިން އަދި ތެލެސީމިއާ ޕޭޝަންޓުންނަށް އިތުރު އެހީތައް ފޯރުކޮށްދެވޭނެ ގާބިލުކަން ޝީއަށް ލިބިގެންދާނެ ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ.

ޖަޕަނީސް އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ދަށުން ކުރިއަށް ގެންދާ ޖީޖީޕީ އަކީ ރާއްޖޭގެ އެކި ދާއިރާތަކަށް އެހީ ފޯރުކޮށްދިނުމަށް ޖަޕާނު ސަރުކާރުން ފަށާފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ތިމާވެށީގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް