ads
ރޭގަ ބޭއްވި އުރީދޫ އިވެންޓުގެ ތެރެއިން: ފޮޓޯ އުރީދޫ
"އުރީދޫ ނޭޝަން ގޭމާސް ލޭންޑު 2024" އިފްތިތާހުކޮށްފި
އުރީދޫ މޯލްޑިވްސްގެ "އުރީދޫ ނޭޝަން ގޭމާސް ލޭންޑު 2024" ރޭ އިފްތިތާހުކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައި ގޭމާސް ލޭންޑް އިފްތިތާހުކޮށްދެއްވީ އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އެވެ.

އަންނަ އޮކްޓޫބަރު މަހު ފަށަން ނިންމާފައިވާ އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ.

އުރީދޫ އިން ބުނީ މުޅި އަހަރަށް ބަހާލައިގެން ބާއްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ މުބާރާތްތަކުގެ ޖުމްލް ޕޫލް ޕްރައިޒް ހަތް ލައްކަ ރުފިޔާއަށް އަރާ ކަމަށެވެ.

މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަ ސްކޫލް، އިންޓަ ޔުނިވާސިޓީ/ކޮލެޖު، އިންޓަ އޮފިސް، އިންޓަ ރިސޯޓު މުބާރާތްތައް ހިމެނޭ ކަމަށް އުރީދޫ އިން ބުނެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، އުރީދޫއަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށާއި، ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ދަނީ ފަހިކޮށްދެމުން ކަމަށެވެ.

ޒުވާނުންނަށް އަދި ގޭމު ކުޅޭ ހުރިހާ ފަރާތްތަކަށް ޔަގީންވާނެ ކަމަކީ އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަގަޅު މުބާރާތްތަކެއްކކަމަށް އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.

މި މުބާރާތާ ގުޅޭގޮތުން އުރީދޫގެ ހާލިދު އަލް ހަމާދީ ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގައި ގޭމު ކުޅެން ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ މުބާރާތެއް ކަމަށާއި، މިފަހަރުގެ މުބާރާތް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫއިން އަންނަނީ ގޭމް ކުޅޭ ފަރާތްތަކަށް ދިމާވާ އިންޓަނެޓުގެ ސްޕީޑު ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އެކަމަށް ހައްލުތަކެއް ގެނެވިގެންދާނެ ކަމަށެވެ.

މި އަހަރުގެ މުބާރާތުގައި "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީއަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ގޭމަރުންނަށް ހުޅުވާލެވޭއިރު، މިއީ މުބާރާތުގައި ވާދަކުރާ ހުރިހާ ގޭމަރުންގެ ތެރެއިން ހޮވާ އެންމެ މޮޅު ގޭމަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް