ads
ރައްޔިތުންގެ މަޖިލިސް --
މަޖިލީހުގެ ޖަލްސާ ނުބޭއްވޭނަމަ ސަރުކާރު ހިންގަން ހުރަސްއެޅޭ: ޑިމޮކްރެޓްސް
މަޖިލީހުގެ ޖަލްސާ ނުބޭއްވޭނަމަ ސަރުކާރު ހިންގަން ހުރަސްއެޅޭ ކަމަށް ޑިމޮކްރެޓްސް އިން ބުނެފިއެވެ.
Advertisement

މިއަދު ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ލަސްވާނަމަ ސަރުކާރު ހިންގުމަށް ބޭނުންވާ ވަރަށް މުހިންމު ނިންމުން ތަކެއް ނުނިންމި ލަސްވާކަމަށެވެ. 

އެ ގޮތުން މިއަދު ވެސް އެޖެންޑާ ގައި ސަރުކާރުން ދިވެހި ރާއްޖޭ ކޮންވެންޝަންއެއްގައި ބައިވެރިވުމަށް ނިންމާފައިވާ ނިންމުމަށް ރުހުން ހޯދުމަށް ތާވަލް ކުރެވިފައިވާ ކަމަށާއި ނަމަވެސް މިއަދުގެ ޖަލްސާ ކެންސަލް ކުރެވިގެން ދިއުމުގެ ސަބަބުން އެކަމަށް ގޮތެއް ނުނިންމި ލަސްވެގެންދާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. 

"މި ކެންވެންޝަންގައި ރާއްޖޭގެ ފަރާތުުން ބައިވެރިވެވެން އަންނަނީ މިކަމަށް މަޖިލީހުން ރުހުން ލިބިގެން. އެހެންނަމަވެސް މިއަދު ޖަލްސާ ކެންސަލްވުމުގެ ސަބަބުން އެކަންވެސް ނުހިންގާ" ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ އެޖެންޑާގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ގުޅިގެން ގަލޮޅު އުތުރުދާއިރާގެ މެމްބަރު ހުށަހަޅާފައި އޮތް  މުހިންމު ގަރާރެއް ވެސް ހިމެނިފައިވާ ކަމަށާއި އެގަރާރާއި މެދު ބަހުސްކުރަންއޮތް ފުރުސަތުވެސް މިއަދުގެ ޖަލްސާ ބޭއްވިފައި ނުވާތީ ގެއްލިގެން ދާ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެގަރާރާއި ގުޅޭގޮތުން ސަރުކާރަށް އަރުވަންޖެހޭ ރިކޮމެންޑޭޝަން ވެސް އެބަހުރި ކަމަށާއި މިގޮތަށް ޖަލްސާތައް ނު ބާއްވާ ނަމަ މަޖިލީހުން ސަރުކާރަށް ދޭން ބޭނުންވާ ލަފާތަކާއި ހިޔާލުތައް ސަރުކާރަށް ފޮރުކޮށްދިނުމުގެ ފުރުސަތު ގެއްލިގެން ދާ ކަމަށެވެ. 

"ވަރަށް މުހިންމު އެތަށް ކަމެއް މިއަދުގެ އެޖެންޑާގައި ވެސް ހިމެނިފައިވޭ ނަމަވެސް މިގޮތަށް ޖަލްސާތައް ކެންސަލް ކުރާ ކަމަށް ވާ ނަމަ ނަތީޖާ އަކަށް ވެގެން ދާނީ މަޖިލީހުގެ ދައުރު އޭގެ އެންމެ ރަނގަޅު ގޮތުގައި އަދާ ކުރެވިގެން ނުދިޔުން" ހަސަން ވިދާޅުވި އެވެ.

މިކަމުގައި ޒިންމާވާޖެހެނީ ވަކި ބަޔެއް ކަމަށާއި ޑިމޮކްރެޓްސް އަކީ އަބަދުވެސް މަޖިލީހުގެ ޖަލްސާތައްް ބާއްވަން ވަރަށް ބޮޑަށް ބާރު އަޅާ ޕާޓީއެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އެ ޕާޓީގެ ފަރާތުން މިހާރުވެސް މަޖިލީހު ޖަލްސާތައް ހަފްތާއަކު ތިން ދުވަހު ބޭއްވުމަށް އެތި މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށާއި ނަމަވެސް މިއަދުގެ ޖަލްސާ ނުބޭއްވުމުން އެ މައްސަލަވެސް ހުށަނޭޅުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ސަރުކާރު ޖަވާބު ދާރީ ކުރުމަށް އޮތް އިދާރާގެ ޖަލްސާތައް ނުބޭއްވޭ ނަަމަ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. މިކަމުގެ ނާޖާއިޒު ފައިދާ ސަރުކާރުން އަދި އެހެން ޕާޓީތަކުންވެސް ނަގަމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް