އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ ކަމަށެވެ. އެ ބޮޑު މިސްކިތް ހުޅުވުމުން ހުޅުމާލެ 2 ގައި އުޅޭ މީހުންނަށް ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި މިހާރު ވެސް ވަގުތީ މިސްކިތް އެބަހުއްޓެވެ.
ހުޅުމާލެ 2 ގައި ދެން އެންމެ އަވަހަށް ނިމޭނެ ކަމަށް ބެލެވެނީ އެސްޖޭ ކޮންސްޓްރަކްޝަނުން އިމާރާތްކުރާ 3،000 މީހުންގެ ޖާގައިގެ މިސްކިތެވެ.
އެ ސަރަހައްދުގައި މި ވަގުތު ވެސް މުނިހޯމް ކެއާ އަދި އެސްޖޭގެ އިތުރުން އަމިއްލަ ތިން ފަރާތަކާއި އެޗްޑީސީން އަންނަނީ މިސްކިތް އަޅަމުންނެވެ.