ads
ގައިދީންތަކާއިއެކު ކަރެކްޝަންސްގެ އޮފިސަރުންތަކެއް
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަލުން ރިވިއުކުރަނީ
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަލުން ރިވިއުކޮށް، ބަންދަށް ލުއިދީ ދޫކޮށްލެވެން ތިބި މީހުން ދޫކޮށްލަން ނިންމާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅު ވީނުވާގައި ތިބި ހުރިހާ ގައިދީންގެ ކޮންކަހަލަ މައްސަލަތަކަކާ ގުޅިގެންތޯ، ބަލައި މީގެތެރެއިން އެއްވެސް މީހަކީ ލުޔެއްދެވިދާނެ މީހެއްތޯ ބަލާ ޕީޖީ އާއި ކޯޓުތަކާ ގުޅިގެން އެފަދަ ލުޔެއެއް ދެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

ވާނުވާ ބަންދުތަކުގައި ގިނައިން ތިބީ ބޮޑެތި މާރާމާރީތަކާއި ޓެރަރިޒަމް އާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށާއި އެ މީހުން މިހާރު ބަންދުގައި ތިބީ މުޖުތަމައުއަށް ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކޯޓުން އަމުރުކޮށްގެން ކަމަށް އިހްސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރައީސްގެ ހާއްސަ އިސްނެންގެވުމާ އެކު ދަނީ  މިހާރު މިތިބި މީހުންގެ ކޭސްތައް ވެސް ރިވިއު ކުރަމުންދާ ކަމަށާއި އެއްވެސް މީހަކު އިތުރު ލުޔެއް ދެވޭނެ ކަމަށް ވެއްޖިއްޔާމު މުޖުތަމައުއަށް ގެއްލުން ނުވާގޮތަށް ނުރައްކަލެއް ކުރިމަތިނުވާ ނަމަ އެމީހުންނައް ލުޔެއް ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ތަހުގީގަށް ހައްޔަރުކޮށްފައި "ވާނުވާ" ބަންދު ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.


"ވާނުވާ" ބަންދު ނިމުމަކަަށް ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މިއަދު ވިދާޅުވީ ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުން ކަމަށެވެ.

އަދި ކުށްކުރާ މީހުންނަށް ރަނގަޅު މަގު ދައްކައިދީ އަލުން މުޖްތަމަައަށް ގެނައުން ކަމަށެވެ.ޖަލަށް ލެވޭ، އަދަބު ދެވޭ ނިސްބަތް މަދުކުރުން ކަމަށެވެ.

މީގެ އިތުރުން ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް އެއީ އޯގާވެރިކަމާއެކު އިސްލާހު ކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެކިއެކި ކުށްތަކުގެ ތަހުގީގު ގައި "ވާނުވާ" ގައި ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން އެއީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވެފައިވަނީ އެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް