މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ވާ ގޮތުން އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ގަރާޖުގެ ވެރިފަރާތުގެ އެނގުމަކާއި ނުލައި އެ ގަރާޖުގައި އުނޅަދު ރަޖިސްޓްރީ ކުރަމުންގެންދާ ކަމުގެ ސަކުވާ ލިބެމުން ދާ ކަމަށާއި އެ ކަން ހައްލު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމުގަ އެވެ.
މި އިއުލާނުގައިވާ ގޮތުން އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެން ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓް ކުރުމަށް ހުށަހަޅާ އިރު ގަރާޖުގައި އުޅަނދު ބޭއްވުމާއި މެދު ވެރިފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖުގެ ވެރި ފަރާތުގެ އައިޑީކާޑު ކޮޕީގެ އިތުރުން އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރަޖެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމުގަ އެވެ.
މި ގޮތަށް ހުށަހަޅާފައިވާ ބަޔެއް ލިޔުން ތަކަކީ ސައްހަ ނޫން ލިޔުންތަކެއް ކަން އެނގިފައިވުމުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި މި ހުށަހަޅާ ސިޓީއަކީ ސައްހަ ސިޓީއެއްތޯ ބެލުމުގެ އިތުރުން ގަރާޖުގެ ހާލަތު ބަލާ އެ ގަރާޖުގައި އުޅަނދު ބޭއްވޭނެ ފަދަ އިންތިޒާމެއް ހުރިތޯވެސް ބަލާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.