މަޝްހުރު ސޯޝަލް މީޑިއާ އެޕްލިކޭޝަން ފޭސްބުކް ޑައުންވެފައިވަނީ މުޅި ދުނިޔޭގައެވެ. އެކަން ބައިނަލްއަގްވާމީ މީޑިއާތަކަށްވެސް މިހާރުވަނީ އަރާފައެވެ. އެތައް މިލިއަން ޔޫޒަރުންނަށް އެކައުންޓްތަކަށް ވަދެވޭނެ ގޮތެއް ނުވެ ލޮގްއައުޓްވެފައިވެއެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ފޭސްބުކް ޕްރޮފައިލްތަކަށް އެކްސެސް ކުރުމާއި، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ އެކުންފުނީގެ އެހެން ހިދުމަތްތަކުގައި ވެސް މައްސަލަތަކެއް ދިމާވެ އެވެ.
ރާއްޖޭގައިވެސް ފޭސްބުކް ބޭނުންކުރާ އެތައް ބަޔެއްގެ އެކައުންޓްތަކުން ލޮގްއައުޓްވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.