ads
އައިޖީއެމްއެޗް ގައި މީހުން ޑޮކްޓަރަށް ދައްކަން ގޮސް - ފޮޓޯ: މިހާރު
މާލޭގައި ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވަނީ
މި ދުވަސްވަރު މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ ހަތަރަކުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ބޭރަށް ހިންގުމުގެ 674 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

އަދި، މިދިޔަ މަހުގެ 11 އިން 17 ވަނަ ދުވަހަށް ބަލީގެ 547 ކޭސް ރިޕޯޓުކޮށްފާވާއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ގެ ނިޔަލަށް 965 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

މިދިޔަ މަހުގެ 25 އިން މިދިޔަ ހޮނިހިރު ދުވަހަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ 889 ކޭސް މާލެއިން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބޭރަށް ހިންގުމުގެ އިތުރުން ގިނައިން ހޮޑުލުން، މާބޮޑަށް ވަރުދެރަވުން، ބޮލަށް އެނބުރުން އެރުން، އާދަޔާ ހިލާފަށް ކަރުހިއްކުން އަދި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެއިތުރުން ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނުޕެކެޓް ފަދަ ދިޔާ ތަކެތި ބޭނުންކުރުމަށް، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އަދި ރަނގަޅަށް ސެނެޓައިޒް ކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު، ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5،386 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް