ads
ހަތީބުކަމަށް ކުރިމަތިލި ޒުވާނުންނަށް ބޭއްވި އިންޓަރވިއުގެ ތެރެއިން
ޒުވާން ހަތީބުން ރޯދަމަހު ހުތުބާ ކިޔާނެ:ޝަހީމް
ޒުވާން ހަތީބުން އުއްފެދުމުގެ މަގްސަދުގައި ފެށީ ޕްރޮގްރަާމް ނިންމާ އެ ޒުވާނުން މި ރޯދަމަހު ހުތުބާ ކިޔާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޚުވެއްޖެއެވެ.

ޒުވާން ހަތީބުން ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެކުދިންނާއި އިންޓަވިއުކޮށް، ސްކްރީންކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުއެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ‏ޒުވާން ހަތީބުންގެ އަމަލީ ތަމްރީނުތައް ނިންމާ މިމަހު 10 ވަނަ ދުވަހު ރަސްމީ ހުއްދަ ދޫކުރާނެކަމަށެވެ. އަދި މި ފެށޭ ރޯދަ މަހު އެ ޒުވާނުން ހުތުބާ ކިޔާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

your imageހަތީބުކަމަށް ކުރިމަތިލި ޒުވާނުންނަށް ބޭއްވި އިންޓަރވިއުގެ ތެރެއިން

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ޒުވާން ހަތީބުންގެ އަމަލީ ތަމްރީނުތައް މިއަދުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށެވެ. އަދި ތަމްރީނުތައް ކުރިޔަށް ދާނީ ސަލްމާން މިސްކިތުގައިކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. 

ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް