ads
މާލެ ސަރަހައްދުގެ އެކި މަގުތަކުގައި ނުދުއްވާ ބަހައްޓާފައި ހުރި އުޅަނދުތައް ނެގުން
ހުޅުމާލޭ ދެ ސަރަހައްދެއް ޓޯޔާޑަކަށް ހަމަޖެހިއްޖެ: ފުލުހުން
ހުޅުމާލޭގައި ޓޯޔާޑެއްގެ ގޮތުގައި ދެ ބިން ހަމަޖެހިފައިވާ ކަމަށް މާލެ އޭރިއާ ސަރަހައްދުން ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

ފުލުހުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި މާލޭ އޭރިޔާގެ ޕޮލިސް ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ ހުޅުމާލެއިން ދެ ބިމެއްގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ޓޯޔާޑެއްގެ ގޮތުގައި ބޭނުންކުރަން ލިބިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، މާލޭގެ މަގުތަކުގެ ޓްރެފިކް ލުއިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މަގުތަކުގައި ނުގަވައިދުން ހުރި އަދި ގިނަދުވަސްވީ ވެހިކަލްތައް ނެގުމުގެ މަސައްކަތް މި ހަފުތާގައި ފަށާފައިވާ ކަމަށެވެ.

"މާލޭގެ މަގުތަކުގައި ގިނަ ދުވަސްވީ ސައިކަލުތައް ނެގުމުގެ މަސައްކަތް މި ހަފުތާގައި ކުރިއަށް އެބަ ގެންދަން. މިހާތަނަށް ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ސައިކަލު އަޅުގަނޑުމެން މިހާރު ވަނީ ނަގާފައި" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، ޓޯކުރި ސައިކަލުތަކަކީ ހަފުތާއަކަށް ވުރެ ގިނަ ދުވަހު ނުދުއްވާ ހުރި ސައިކަލުތައް ކަމަށެވެ. ޝަރީފް ވިދާޅުވީ، ވީރާނާވެފައިވާ 156 ހަތަރުފުރޮޅުލީ އުޅަނދުވެސް ނަގާފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ހިތުހުރި ގޮތަކަށް މާލޭގައި ޕާކުކުރަމުން އަންނައިރު، ސޯސަން މަގަކީ ބޮޑު ޕާކިން ޒޯނެއް އޮތް ތަނަކަށްވާއިރު އެ ޕާކިން ޒޯނުގައި ޖާގަ އޮއްވައި ވެސް އެތަނުގެ ކައިރީ މަގުމަތީގައި ޕާކުކުރަމުންދާ ކަމަށެވެ. އެހެންވެ، ވެހިކަލްތައް ނަގައިގެން މާލޭގެ މަގުތައް ހަމައަކަށް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"އެހެންވީމަ އެކަށީގެންވާ ޕާކިން ޒޯނު ހުރި ތަންތަނުގައި ވެސް އެގޮތަށް ޕާކުނުކުރާކަން ހިތާމައާއެކު ފާހަގަކުރަން." ޝަރީފް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފެށި މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިސް އަދި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ. 

your imageފުލުހުން ސައިކަލުތަކެއް ޓޯކޮށްގެން ގެންދަނީ

ފުލުހުން މިފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމުން ޕާކް ކުރުމަށް ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި ނޫނީ އެއްގަމު އުޅަނދު ޕާކް ކޮށްފިނަމަ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

"މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް މަގުމަތި ހެދުމަށް މި ހިދުމަތުގެ ފަރާތުން މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މަގުމަތީގައި ހިނގާފައި އުޅޭ މީހުންނާއި ދުއްވާ މީހުންނާއި ހާއްސަކޮށް ޕަބްލިކް ޓްރާންސްޕޯޓް އަދި އެމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ގަވައިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާތީ މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި އާންމުން ޕާކް ކުރުމަށް ހަދާފައިވާ ޕާކިން ޒޯން ނޫން ތަނެއްގައި ޕާކް ނުކުރުމަށް އެދޭ ކަމަށެވެ.

ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބެލުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް

  • ގްރީން ޒޯން
  • މަގުތަކާއި ގޯޅިތަކުގެ ކަންމަތި
  • ސްކޫލުތައް ހިމެނޭ ސަރަހައްދު
  • އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި، ގަރާޖުތަކަށް ވަދެނިކުމެ ހަދާ ސަރަހައްދުތައް

your imageވެހިކަލެއް ޓޯ ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ: ޓްރެފިކް އޮޕަރޭޝަން މާދަމާ ފުޅާ ކުރާނެ

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި މި ހަތަރު ޕާކިން ބިލްޑިންގެ މަސައްކަތް މި މަހުގެ ތެރޭގައި އެއްފަހަރާ ފެށުމަށްވެސް ވަނީ ނިންމާފަ އެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް