ads
ބެލިންގްހަމް
ބެލިންގްހަމް ދެ މެޗަށް ސަސްޕެންޑްކޮށްފި
ރިއާލް މެޑްރިޑްގެ އިގިރޭސި ފޯވާޑް، ޖޫޑް ބެލިންގްހަމް ދެ މެޗަށް ސަސްޕެންޑްކޮށްފިއެވެ.

ލަލީގާގެ ދެ މެޗަށް ބެލިންގްހަމް ސަސްޕެންޑް ކުރީ، ލީގުގައި ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ މައްސަލަ ބެލުމަށް ފަހުއެވެ. ވެލެންސިޔާއާ ރިއާލް ކުޅުނު އެ މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން އެއްވަރު ވެގެންނެވެ. ލަލީގާގެ ދެ މެޗަށް ބެލިންގްހަމް ސަސްޕެންޑް ކުރިނަމަވެސް، ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި މިރޭ ރިއާލް މެޑްރިޑް ކުޅޭ މެޗުގައި ބެލިންގްހަމްއަށް ކުޅެވޭނެއެވެ.

އަނިޔާއިން ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައި ބެލިންގްހަމްއަށް ދެ މެޗުގެ ސަސްޕެންޝަނެއްގެ އިތުރުން 600 ޔޫރޯއިންވަނީ ޖޫރިމަނާކޮށްފައެވެ. 

ދެ މެޗުގެ ސަސްޕެންޝަނަށް ފަހު ލީގުގައި ބެލިންގްހަމްއަށް ދެން އެންމެ އަވަހަށް ކުޅެވޭނީ، މި މަހުގެ 31 ވަނަ ދުވަހު ކުޅޭ މެޗުގައެވެ. އެއީ އިންޓަނޭޝަނަލް ބްރޭކަށް ފަހު، ކުޅޭ މެޗެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް