ބަޔާން މިއުނިކުން، ކުއާޓާއިން ފުރުސަތު ހޯދީ، އަމިއްލަ ދަނޑުގައި ލާޒިއޯ ތިން ލަނޑުން ބަލިކޮށް، ތިނެއް އެކެއްގެ އެގްރިގޭޓުންނެވެ. ފުރަތަމަ މެޗުގައި ލާޒިއޯ އަތުން ބަޔާންވަނީ ބަލިވެފައެވެ.
ނަތީޖާ ދަށްވުމުގެ ޕްރެޝަރުގައި އޮތް ބަޔާނުން ރޭގެ މެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ އިނގިރޭސި ފޯވާޑް، ހެރީ ކޭން އެވެ. ކޭން މި ވަނީ މި ސީޒަނުގައި ބަޔާނަށް ބަދަލުވި ފަހުން، އެ ޓީމަށް ކުޅެދިން 33 މެޗުން 33 ގޯލު ޖަހައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ގުރުއަތުލުން އޮތީ މި މަހު 15 ވަނަ ދުވަހު އެވެ.