ads
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ
ޓީޖީއެސްޓީން ވަކި އިންސައްތައަށް ކައުންސިލްތަކަށް ދޭނަން: ރައީސް
ލޯކަލް ޓްއަރިޒަމުން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައަށް ކައުންސިލްތަކަށް ދޭން ގާނޫނަށް ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދަޅުވީ މިހާރު ފެލިދެ އަތޮޅަށް ކުރައްވަމުން ކުރައްވާ ދަތުރުގައި އެ އަތޮޅު ކެޔޮދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ ރަށްރަށުގައި ހިންގާ ގެސްޓު ހައުސްތަކާއި ލޯކަލް ޓްއަރިޒަމުން ޓީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީން ބައެއް ކައުންސިލްތަކަށް ދިނުމަށް ލާމަރުކަޒީ ގާނޫނާއި ޓްއަރިޒަމް ގާނޫނަށް އިސްލާހި ހުށައެޅުއްވުމަށް ގަސްތުކުރައްވާކަމަށެވެ. 

ރައީސް ވިދާޅުވީ އެކި ދާއިރާތަކުން މިރާއަށް ޓެކްސްގެ ގޮތުގައި ލިބޭ އާމުދަނީ ބަކި އަދަދެއް ސީދާ ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރަން އިސްލާހު ގެންނަވާނެކަމަށެވެ. އަދި މި ބަދަލު ގެނައުމުން ކައުންސިލްތަކުގެ ބަޖެޓަށް އިތުރު ފައިސާ ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. 

"މައި ސަރުކާރުގެ ކަލެކްޓިން އެޖެންސީ ހުރިހާ ޓެކްސެއް ހެބުމުގެ ބަދަލުގައި މި ދެންނެވި ގޮތަށް މައި އިންޑަސްޓްރީތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ކަމާއި ބެހޭ ހުރިހާ ގާނޫނަކަށް އިސްލާހު ގެންނާނަން. އޭރުން ކިރިޔަށް އޮތްތަނުގައި ސިދާ ރައްޔިތުންނަށް އެ ރަށްރަށަށް ފައިސާ ވަންނަން ފަށާނެ" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ކަންކަން ކޮށްދެެވޭނީ ރައްޔިތުން މަޖިލިސް ދިނުމުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޖިލިސް ސަރުކާރަށް ދިނުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

"ރައްޔިތުންނަށް އެބަލިބޭ ވަރަށް ރަނުގެ ފުރުސަތެއް. މިކަހަލަ ކަންކަމުގައި ސަރުކާރަށް އެއްބާރުލުދޭނެ މަޖިލީހެއް ހޮވުމުގެ ފުރުސަތު." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކެޔޮދޫ ރައްޔިތުންނާއި ވާހަކަދައްކަވަމުން ރައީސް ވަނީ އެރަށުގެ ބިން ހިއްކުން މިއަހަރު ފަށާނެކަމަށް ވިދާޅުވެފަ އެވެ. އަދި ސްކޫލަށް ބޭނުންވާ 4 ބުރީގެ އިމާރާތުގެ މަސައްކަތްވެސް މި އަހަރު ފަށާނެކަމުގެ ޔަގީންކަން ވަނީ ރައީސް ދެއްވާފަ އެވެ. 

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހަގީގީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސްގެ މުހިންމު ސިޔާސަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް