ads
މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް
މަސްވެރިންނަށް ނުދީ 147 މިލިއަން، ރޯދައިގެ ކުރިން ދޭނަން: ސިޔާމް
މަސްވެރިންނަށް ދޭންޖެހޭ ފައިސާގައި ބާކީ މިހާރު ހުރީ 142 މިލިއަން ރުފިޔާކަމަށާއި އެ ފައިސާ ރޯދައިގެ ކުރިން ދީ ނިންމާނެކަމުގެ ޔަގީންކަން މަސްވެރިކަމަާއި ބެހޭ ވަޒީރޫ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުދީގެން މަސްވެރިން ނުކުމެ ކޫއްޑޫ ފިޝަރީޒް ކޮމްޕެލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގެ އޮޕަރޭޝަންތައް ވަނީ މިދިޔަ މަހު 4 ދުވަހަށް ހުއްޓުވާލާފައެވެ. އެ އިހްތިޖާޖުތަކާއި ގުޅިގެން ވަޒީރު ޝިޔާމް މަސްވެރިންނާއި ބައްދަލުކޮށް އޭރު ވިދާޅުވީ މިމަހުގެ 5 ވަނަދުވަހުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ ދީ ނިންމާނެކަމަށެވެ. 

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާސިލުކުރި ކަންކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ އޭރު ބުނިދުވަހަށް ހުރިހާ ފައިސާ ނުދެވުނުނަމަވެސް ރޯދައިގެ ކުރިން ހުރިހާ ފައިސާއެއް ދީ ނިންމާނެކަމަށެވެ. 

ޝިޔާމް ވިދާޅުވީ މިމަހުގެ 5 ވަނަދުވަހުވެސް މަސްވެރިންނަށް ދޫކުރުމަށް 50 މިލިއަން ހަމަޖައްސާ އެ ފައިސާ ދޫކުރަމުން އަންނަކަމަށެވެ. އަދި އެ ފައިސާއަކީ މިދިޔަ ޖެނުއަރީ މަހުގެ 26ގެ ނިޔަލަށް ކިރާފައިވާ މަހަށް ދޭންޖެހޭ ފައިސާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފިނޭންސާއި މިފްކޯ އަދި މިނިސްޓްރީ ހިމެނޭ ގޮތަށް ރޯދައިގެ ކުރިޔަށް މިހާރު އޮތް ބެކް ލޮގް ހަލާސްކުރަން. ޑިސްޕާސްމަންޓްގައި އެބަ އުޅޭ ކުޑަކުޑަ ލަސްކަމެއް، އެހެންނަމަވެސް އަޅުގަނޑުމެންނަށް އޮތް ޔަގީންކަމަކީ 5 މާރިޗްގައި މި ފެށި މަސައްކަތް ނިންމާ ރޯދައިގެން ކުރިން ނިންމާލެވޭނެ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިމަހުގެ 3 ވަނަދުވަހު ދުވާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއާ ސަރުކާރުގެ ބޮޑު ކުންފުންޏަކާއި ގުޅިގެން ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް