ads
ޗެމްޕިއަންސް ލީގުގެ ތެރެއިން
ސިޓީވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް
ޗެމްޕިއަންސް ލީގުގެ އެންމފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދެ ވަނަ ލެގުގައި ސިޓީން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ކޯޕެންހާގެން ބަލިކޮށްފަ އެވެ. ކޯޕެންހާގެންގެ މައްޗަށް ސިޓީން އެގްރިގޭޓަށް ބަލާއިރު، ކުރިހޯދީ 6-2 އިންނެވެ.

ސިޓީން ވަނީ ރޭގެ މެޗުގައި ނުވަ މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. ފަސް ވަނަ މިނިޓްގައި މެނުއަލް އަކަންޖީ ވަނީ ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން ސިޓީ އަށް ކުރިހޯދައިދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، އަލްވަރޭޒް ވަނީ ސިޓީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

މިއީ، ސިޓީން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ހަތް ވަނަ ސީޒަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް