ads
ހުޅުމާލެ
ނީލަން ފިހާރަތައް ހިންގަން ހުޅުމާލޭން ބިމެއް ހަމަޖައްސައިފި
މާލޭގައި ހިންގަމުން ދިޔަ ނީލަން ފިހާރަތަކުގައި އަލިފާން ރޯވުމާއެކު އެތަންތަން ހިންގާނެ ބިމެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް ހުޅުމާލޭން ބިމެއް ހަމަޖައްސައިފި އެވެ.

ރައީސްގެ "ހަފްތާ14" މަގުޗާޓުން ހާސިލްވެފައިވާ ކަންކަން ހިއްސާކުރުމަށް ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ އެ ފިހާރަތައް ހިންގާނެ ވަގުތީ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެތަނުގެ އިން ވަކިކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.

"މި ވަގުތު ކުރިއަށް ދަނީ މި ބިމުގެ އިން ވަކިކުރުމާއި ފުރިހަމަކުރަންޖެހޭ އެހެން މަސައްކަތްތައް." ހައިދަރު ވިދާޅުވި އެވެ.

މާލޭގެ ކުރީގެ އެއް ނަމްބަރު ކުނިކޮށީގައި ހިންގި ނީލަން ފިހާރާގައި އެތައް ފަހަރަކު ރޯވެ ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބުނެވެ. އެ ހާދިސާގައި، އެ ސަރަހައްދުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅުނު އެކޮމޮޑޭޝަން ބްލޮކު ވެސް ވަނީ ރޯވެ އަނދާފަ އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ވެސް އެތަނުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުންކުރުން އޮތީ އެއްކޮށް ހުއްޓިފަ އެވެ.

ނީލަން ފިހާރަ ހިންގުމަށް ހުޅުމާލޭން ބިން ހަމަޖައްސާފައި ވަނީ ހުޅުމާލެ އެއްވަނަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް