ads
އުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ރަސްމާލެ އޮތީ ޕްލޭނިން މަރުހަލާގައި، ކޮންސަލްޓަންޓެއް ހޯދަން ފަށައިފި
ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ސަހަރު "ރަސްމާލެ" އޮތީ ޕްލޭނިން މަރުހަލާގައި ކަމަށާ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ރަސްމާލެ ތަރައްގީކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވާފައިވާއިރު މި މަސައްކަތް ކުރަމުންދަނީ އެޗްޑީސީއިންނެވެ. ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް 1150 ހެކްޓަރުގެ ބިން ހިއްކުމަށް ބަދަލުގެ ގޮތުގައި 50 އަހަރަށް 70 ހެކްޓަރުގެ ބިން އެކުންފުނިތަކަށް ދިނުމަށް މި މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ހިމަނާފަ އެވެ. 

އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް ޙާލަތެއް ކުރިމަތިވެއްޖެނަމަ ބިން އަނބުރާ އެޗް.ޑީ.ސީއަށް ނެގޭނެކަމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވާކަމަށް އެޗް.ޑީ.ސީއިން މައުލޫމާތުދެ އެވެ.

ރަސްމާލޭގެ ތަފްސީލު ހިއްސާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށާއި އެރަށާއި މާލެއާއި ގުޅާލެވޭނެ ކަމަށެވެ. އެގޮތުން ރަސްމާލެ އާއި މާލެ ގުޅާލުމަށްޓަލައި ފަންނީ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެމަސައްކަތް ކުރުމަށް ވަރަށް ގާބިލު ކުންފުނިތަކާ މަޝްވަރާ ކުރެވެމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ގަބޫލު ކުރައްވާ މި 5 އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު ގެދޮރުވެރިކަން ނެތިގެން ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާއިމަށް ނިމުމެއް ގެނެސްދޭނަން" ރައީސް ޑރ. މުހައްމަދު މިފަހުން މުއިއްޒު ވިދާޅުވި އެވެ.

ރަސްމާލެ އާއި މާލެ ގުޅާލުމުގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ ކަނޑުއަޑީގެ ޓަނަލެއް ހަދަން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއު ވެގެންދާނީ ފަތުރުވެރިން ވެސް ޝައުގުވެރިކުރުވާނެ މަޝްރޫއަކަށް ކަމަށެވެ.

your imageރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު -- ފުށިދިއްގަރުފަޅު ގައި އިފްތިތާހު ކޮށްދެއްވުން

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަން "ހަފްތާ 14"ގެ މަގުޗާޓުގެ ދަށުން ހައުސިން މިނިސްޓްރީ އަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މިއީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ކަންތައްތަކަކަށް ރިއާޔަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރަސްމާލެ އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާތީ ކުރަންޖެހޭ ތަހުލީލުތައް ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރަސްމާލެ އަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ، މަސައްކަތްތައް ދިރާސާ ކުރަމަށް ބައިނަލްއަގްވާމީ ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް" މިނިސްޓަރު ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅުގެ ސިޓީ، "ރަސްމާލެ" މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދުގެ މޫނުމަތި ބަދަލުކޮށްލާނެ ބިޔަ ބޮޑު މަޝްރޫއަކަށެވެ. މި މަޝްރޫއުގެ ސަަބަބުން ރާއްޖޭގެ ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ އެވެ.

ރަސްމާލޭގެ ހާއްސަ ސިފަތަށް:

  • ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  • ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް
  • އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  • މި މަޝްރޫއަށް 1280 ހެކްޓަރުގެ ބިން ހިއްކާނެ
  • އަށް މަސް ތެރޭ ބިން ހިއްކާ ނިމޭނެ
  • އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނައިސް ވާނެ މިންވަރަށް
  • ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  • ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ
  • އާ ސިޓީ ހަދަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން
  • ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  • ރަސް މާލެ ބްރޭންޑް ކުރަނީ އިކޯ ސިޓީއެއްގެ ގޮތުގަ
  • މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  • ރަސްމާލެއާ ކައިރީގައި އެއާ ސްލިޕެއް
  • ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  • މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  • ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  • ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް