ads
ގއ. ދެއްވަދޫ އައިސް ޕްލާންޓް - ފޮޓޯ: ފިޝރީޒް މިނިސްޓްރީ
ފެނަކައާ ހަވާލުކުރި ބައެއް އައިސްޕްލާންޓުތައް މިފްކޯ ދަށަށް
ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި އައިސްޕްލާންޓުތަކުގެ ތެރެއިން މަސައްކަތް ކުރިއަށްނުދާ އައިސްޕްލާންޓުތަކުގެ އެއްބަސްވުންތައް ބާތިލްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، މިފްކޯއިން ވަނީ ނުވަ އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައި ކަމަށެވެ.

ނަމަވެސް، އޭގެ ތެރެއިން ބައެއް އައިސްޕްލާންޓްތަކުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާކަން ފާހަގަވެ، އެއްބަސްވުންތައް ބާތިލުކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެނަކައިން އައިސްޕްލާންޓުތަކާއި ހަވާލުވެފައިވަނީ ދަށް އަގެއްގައި ކަމަށާއި، އެއަގުގައި އެމަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފެނަކައިން ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް މިފްކޯއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

"ފެނަކައާއެކު ސީރީޒް އޮފް މީޓިންތަކެއް މިކަމުގަައި ޑިޒިޝަނެއް ނެގުމުގެ ކުރިން ބޭއްވި، އެ މީޓިންތަކުން އެނގުނީ، ފެނަކައިން އޭރުގެ މެނޭޖްމަންޓުން މަސައްކަތްތަކާއި ހަވާލުވެފައިވަނީ ބާޒާރުގައި އެ މަސައްކަތްކުރެވޭނެ އަގަށްވުރެ ދަށް އަގެއްގައި ހަވާލުވެފައިހުރީ، އެ އަގުގައި އެ މަސައްކަތް ނުކުރެވޭނެތީ ދެ ފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވުންތައް ބާތިލް ކުރީ،" ޝިޔާމު ވިދާޅުވި އެވެ.

ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްއެބަދެ އެވެ. މި މަސައްކަތް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް