ads
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ—
ކަޅުޔެތޮ ޖެހިޔަސް އެމްޑީޕީގެ އަޑު ކަނޑުވާ ނުލެވޭނެ: އެމްޑީޕީގެ ރައީސް
ކަޅުޔެތޮ ޖެހިޔަސް އިދިކޮޅު އެމްޑީޕީގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ޒައީމު ގަޔަށް ބަޔަކު މިއަދު ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފަ ވަނިކޮށެވެ.

ޝާހިދު "އެކްސް" ގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މި ހަމަލާ ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅައި އަމާން ސިޔާސީ މާހައުލެއް ގާއިމުކޮށްދޭން ސަރުކާރަށް ގޮވާލާފަ އެވެ.

ޝާހިދު ވަނީ މިފަދަ އަމަލުތަކުން އެމްޑީޕީގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށާއި އަދި ފަހަތަށް ނުޖެއްސޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މި އަމަލު ކުށްވެރިކުރަމުން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒައީމު ބަހުސްއަށް ދިޔަ މަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދިނުމަކީ ފިނޑި އަމަލެއް ކަމަށާއި، އެކަން އެ ޕާޓީން ކުށްވެރި ކުރާ ކަމަށެވެ.

މިއީ ކޮން ބަޔަކު ކުރި ކަމެއްކަން އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ސާފެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް