ads
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި އެ ކުންފުނީގެ އިސްވެރިން -- ފޮޓޯ: އޫރިދޫ
އުރީދޫން ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްކޮށްފި
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން މިރޭގެ ޖަލްސާގައި ބައިވެރިވި އިރު ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ. ޖަލްސާ އޮތީ ސެންޓްރަލް ޕާކްގައި އެވެ.

އުރީދޫން މި ފަހަރު ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 23 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2022 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 3.04ރ. އެވެ.

your imageއުރީދޫގެ ޗެއާޕާސަން ފާތިމާ ސުލްތާން އަލް-ކުރާވީ(މ) އަދި އުރީދޫގެ އިސް ވެރިން

މިރޭގެ ޖަލްސާގައި ވަނީ އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފަ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 940،620ރ. ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

މިރޭގެ ޖަލްސާގައި އާއްމު މެމްބަރުންގެ ތެރެއިން އުރީދޫ ބޯޑަށް ބޭފުޅަކު ވަނީ އައްޔަނު ކުރައްވާފަ އެވެ. އުރީދޫގެ ބޯޑަށް އާއްމު މެމްބަރުންގެ ފަރާތުން ކުރިމަތިލެއްވީ މުހައްމަދު ޝާހިދާއި ފަރީހާ ޝަރީފެވެ. އެ ދެބޭފުޅުންގެ ތެރެއިން ހިއްސާދާރުންގެ 1053 ވޯޓާއެކު ބޯޑަށް އިންތިހާބުކުރީ ޝާހިދެވެ. މިހާރުވެސް ބޯޑުގައި އިންނަވާ ފަރީހާއަށް ލިބިލެއްވީ 698 ވޯޓެވެ.

އުރީދޫން ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެކުންފުނިން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރު އެވެ. 

އެ އަހަރު ހިއްސާ އަކަށް 3.30ރ. ބަހާފައިވެ އެވެ. އެއީ މިހާތަނަށް އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ. އެ އަހަރު އެކުންފުންޏަށް ވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ޖުމްލަ ރައުސުލްމާލުގެ އަގު މިވަގުތު 4.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް