ads
ރައީސް މުއިއްޒު ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ - ރައީސް އޮފީސް
މި ދައުރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދޭނަން
މި ދައުރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ.މީދޫގެ އާންމު ރައްޔިތެއްކަމުގައިވާ ފަރިޔާލް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދު ތަކުގައިވެސް ރައްޔިތުން ބޯހިޔާވަހި ކުރުމަށް އެކި އެކި ޕްރޮގްރާމްތައް ރާވާނޭ ކަަމަށެވެ.

ރައީސް ވިދާޅުވީ މާލޭ ސަރަހައްދުގައި ގާއިމު ކުރަން މަސައްކަތް ކުރާ ގެދޮރުވެރި ކަމުގެ ޕްރޮޖެކްޓް ތަކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނައްވެސް ހުޅުވާލައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.

"މާލޭގެ ރައްޔިތުންނައް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް ފަހު މި ސަރަހައްދުން ގެދޮރުވެރިކަން ބޭނުންވާ ފަރާތަކަށް ގެދޮރުވެރި ކަން ފޯރުކޮށްދެވޭ ވަރަށް މި ޕްރޮޖެކްޓުތައް މި ހިންގަނީ." ރައީސް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ވިސްނަންޖެހޭ ކަމަކީ މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެންނަން ކަމަށާއި އެންމެ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވަނީ މާލޭގެ ރައްޔިތުންނައް ގެދޮރުވެރިކަން ކަށަވަރުކޮށް ނުދެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޯހިޔާވާހިކަމުގެ މަޝްރޫއުތައް މިއަހަރު ފައްޓާވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.

ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ބޯހިޔާވަހި ކަމަށް ހިންގަނީ މުޅި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ފަދަ ބިޔަ މަޝްރޫއު އެކެވެ. އެއީ ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވާނެ މަޝްރޫއުއެއް ކަމުން މި ސަރަހައްދުން ބޯހިޔާވަހިކަމުގެ ފުރުސަތު ބޭނުންވާ އެންމެނަށް އެ ފުރުސަތު ތަނަވަސް ކޮށް ދެއްވާނެ ކަމަަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް