ads
ވެލެންސިޔާގެ ޗެއާމަން އަބްދުﷲ އަޒްމީން
ވެލެންސިޔާ ސަސްޕެންޑް ކުރީ އިންތިހާބަށް
ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ކްލަބް ވެލެންސިއާ، ސަސްޕެންޑް ކުރަން އެފްއޭއެމް އިން ނިންމީ، އެ އެސޯސިއޭޝަންގެ އިންތިހާބާ ދިމާކޮށް ރޭވުމަކުން ކަމަށް ވެލެންސިއާ އިން ބުނެފި އެވެ.

އެފްއޭއެމުން ވެލެންސިޔާސ ސަސްޕެންޑް ކުރަން ނިންމީ، އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރު، ހަސަން ވަހީދު (ދޮނާ) ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާތީ އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ އެވެ. 

ވެލެންސިއާ އިން އާ ބޯޑެއް އިންތިހާބު ކުރަންދެން އެ ކްލަބް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ވެލެންސިއާ އަށް ދީފައިވާ މި ސަސްޕެންޝަން އެޕީލްކުރަން ވަނީ ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ.

ރޭ ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާޗް 16 ވަނަ ދުވަހުގެ ކުރިން، މި އޮތް އަށް ދުވަސް ތެރޭ އެފްއޭއެމަށް ވިލަރެސް ކުރެވޭ ގޮތަށް ވެލެންސިއާގެ ބޯޑެއް އިންތިހާބު ކުރުމަށް ބުނެ، ސަސްޕެންޑް ކުރުމަކީ އެފްއޭއެމް އިން ރާވައިގެން ކުރި ކަމެކެވެ. 

ވެލެންސިއާ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ޓީމު ސަސްޕެންޑް ކުރަން ނިންމި ސަބަބަކީ، ދެން ބާއްވާ އިންތިހާބެއްގައި ވެސް ވެލެންސިއާ އިން ތާއީދުކުރާނީ ތޯރިގު އަށް ކަމަށް ބެލެވުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް