ނިރޮޅުމަގުގައި ހުންނަ އެ މިސްކިތް ހުޅުވައި ދެއްވީ މިއަދު ހުކުރު ނަމާދު ވަގުތަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިސްކިތް ހުޅުއްވައިދެއްވަމުން ޝަހީމް ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތް ކަމަށެވެ.
މިސްކިތް ހުޅުވުމުގެ ތެރެއިން
ބޮޑު ހޭދައެއް ކޮށްގެން އެވަރުގެ މިސްކިތެއް ބިނާކޮށްދިނީތީ މުނި ހޯމް ކުންފުންޏަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
އޭނާ ވިދާޅުވީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު ރޯދަ މަހާ ދިމާކޮށް މިސްކިތް ހުޅުވުނީތީ، ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
މިއީ، 1،500 މީހުންގެ ޖާގައިގެ ބޮޑު އަދި ރީތި މިސްކިތެކެވެ.