ads
ލިވަޕޫލް މެޗުގެ ތެރެއިން
ޔޫރޮޕާ ލީގު: ލިވަޕޫލަށް ފަސޭހަ މޮޅެއް
ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގައި ލިވަޕޫލުން ފަސޭހަކަމާއެކު ސްޕާޓާ ޕްރާގު ބަލިކޮށްފިއެވެ.

ރަށުންބޭރުގައި ލިވަޕޫލުން ސްޕާޓާ ޕްރާގު ބަލިކޮށްފައިވަނީ ފަސް ލަނޑު އެއް ލަނޑުންނެވެ. އެވެ. ލިވަޕޫލަށް ރޭގެ މެޗުގައި އަލެކްސިސް މެކްއަލިސްޓާގެ ޕެނަލްޓީން ލީޑުލިބުނުއިރު، ޑާވިން ނޫނޭޒް ޖެހި މޮޅު ދެ ގޯލާ އެކު އެ ޓީމުން ލީޑުފުޅާކުރި އެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ ގޯލުތައް ޖެހީ، ލުއިޒް ޑިއާޒް އާއި ޑޮމިނިކް ސޮބޯސްލާއި އެވެ.

ގަދަ 16 ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ބެންފީކާ އާއި ރޭންޖާސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ފްރެއިބާގުން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރިއިރު، ގަރަބާގްއާ ފަހު ވަގުތު ބަޔާ ލެވަކޫސަން ވަނީ 2-2 އިން އެއްވަރުވެފައެވެ. އޭސީ މިލާނުން ސްލަވިއާ ޕްރާގު އަތުން 4-2 އިން މޮޅުވެފައިވެ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ރޯމާ އިން 4-0 އިން ބްރައިޓަން ބަލިކުރިއިރު، ވިޔަރެއާލް އަތުން މާސޭ މޮޅުވީ 4-0 އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް