ads
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކާށިދޫގައި ވައިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމުކޮށް ކާށިދޫގެ ފެނުގެ ނިޒާމު ހިންގަން ފަށައިފި އެވެ.
Advertisement

މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އިޔާދަކުރަނިވި ހަކަތައިން ރަށްރަށުގެ ފެނުގެ ނިޒާމު ގާއިމުކޮށް ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ކޮންޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އަބަދުވެސް ގަބޫލުވެފައި އޮތީ ރާއްޖޭގައި ހިންގުމަށް އެންމެ އެކަށީގެންވަނީ އަވިން ހަކަތަ އުފެއްދުންކަމަށާއި ނަމަވެސް އެއަށްވުރެ ދުރަށް ވިސްނަންޖެހޭކަމަށެވެ.

your imageމިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް މަސައްކަތްކުރުމަކީ، ދެމެހެއްޓިނިވި ގޮތުގައި 24 ގަޑިއިރު ކަރަންޓު އުފެއްދުމަށް އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުމަށް އަދި ރާއްޖޭގެ އެނަރިޖީ ސެކިއުރިޓީއަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.

ކާށިދޫ މަޝްރޫއުގެ ތަޖުރިބާއަށް ބެލުމަށްފަހު އިތުރު ސަރަހައްދުތަކުގައި ވައިން ހަކަތަ އުފެއްދުމާ ދިމާއަށް ދާންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީ ޒިންގ ވިދާޅުވީ މިމަޝްރޫއާއެކު ހިދުމަތް ގާއިމުވެގެންދިޔަ 5 ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިމަޝްރޫއާއެކު ރައީސް ކަނޑައަޅުއްވާފައިވާ ހަކަތައިގެ އާ އަމާޒަށް ވާސިލުވުމަށް ބާރަކަށްވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ސަފީރު ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުންވަނީ 5 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ފެނުގެ ހިދުމަތް ދޭން ފަށާފަ އެވެ.

 އެއީ:- 

  • ރ.އަލިފުށި،
  •  ޅ.އޮޅުވެލިފުށި
  •  ހއ.ކެލާ 
  •  ގއ.ދާންދޫ

މިއިން  ކޮންމެ ރަށެއްގައި ދުވާލެއްގެ މައްޗަށް 200 ޓަނުގެ ފެން އުފެއްދޭނެ ނިޒާމަކާއި އަދި އެހިދުމަތް ދިނުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް 200 ކިލޯވޮޓުގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކޮށްފަ އެވެ. މީގެއިތުރުން ކ.ކާށިދޫގައި ވަނީ ފެނުގެ ނިޒާމު ގާއިމުކޮށް، ފުރަތަމަ ފަހަރަށް ވިންޑް ޓަބައިން ހަރުކޮށް ވައިން ހަކަތަ އުފެއްދޭނެ ނިޒާމެއް ގާއިމުކޮށްފަ އެވެ. މިމަޝްރޫއުގެ ދަށުން ވައިން 100 ކިލޯވޮޓުގެ ހަކަތަ އަދި ސޯލާއިން 100 ކިލޯވޮޓުގެ ހަކަތަ އުފެއްދުމުގެ ނިޒާމު ވަނީ ގާއިމުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް