ކަސްްޓަމްސްގެ ކާރަށް ގެނަައި އެ ބަދަލުގެ ވާހަކަ ފުރަތަމަ އާންމު ކުރެއްވީ ވެސް މާނިއު އެވެ.
މާނިއު ވަނީ އެ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިއްސާ ކޮށްފައެވެ. ކާރުގެ ވަށައިގެން ރަން ކުލައިގެ ރޮނގެއް އަޅާފައިވާއިރު އެ ބަދަލު ގެނައީ ކަސްޓްމްސްގެ ކުލައާ ގުޅުވައިގެން ކަމަށް ވިދާޅުވި އެވެ. އަދި އެހެން ކާރުތަކަށް ވެސް އެ ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ވަރަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވުމުން މާނިއު ވަނީ އެ ބަދަލު ގެނައީ އޭނާގެ އަމިއްލަ ހަރަދު ގައި ކަމަށް ވިދާޅުވެ އެ މަސައްކަތަށް ދައުލަަތުން ފައިސާ ހަރަދު ނުކުރާ ކަމަށް ވިދާޅުވެ ފައެވެ. އަދި ކާރަށް ގެނައި ބަދަލު އަލުން ހުރި ގޮތަށް އިއާދަ ކުރާނެ ކަމަށް ވިދާޅުވި އެވެ.
މާނިއު އަކީ އޭނާ ގެންގުޅޭ ސައިކަލަށްވެސް ވަރަށް ގިނަ ބަދަލުތައް ގެނެސް ގެން ދުއްވާ ބޭފުޅެކެވެ. ދޭތެރެ ދޭތެރެއިން ސައިކަލަށް ތަފާތު ބަދަލުތައް ގެނެ އެވެ.