ads
ރައީސް މުއިއްޒު
ރައީސް ފާދިއްޕޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި
ރައީސް ޑރ.މުހައްމަދު މުއިއްޒު ފާދިއްޕޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ރައީސްގެ މިދަތުރުފުޅުގައި ފާދިއްޕޮޅުގެ 3 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 1 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ މަންޒިލަކީ އެއަތޮޅު ކުރެންދޫއަށެވެ. 

އެއަށްފަހު ހިންނަވަރަށާއި ނައިފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.

ރައީސް މިދިޔަ މަހުން ފެށިގެން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކެކޭ އެއްގޮތަށް މި ދަތުރުގައިވެސް ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ފެބްރުއަރީއިން ފެށިގެން ރައީސް ވަނީ އައްޑޫ، ފުވައްމުލައް، ގދ. އަތޮޅު ގއ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ދ. އަތޮޅު، މ. އަތޮޅު، ވ. އަތޮޅު، ނ. އަތޮޅު ރ. އަތޮޅު އަދި ވ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފަ އެވެ.

ރައީސްގެ މި ދަތުރުތައް ފަށްޓަވާފައި މިވަނީ މަޖިލީހުގެ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށެވެ. އެގޮތުން ގިނަ ރަށްރަށުގައި އެމަނިކުފާނު ދައްކަވާ ވާހަކަވެސް ބިނާ ކުރައްވަނީ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަން ލިބުމުގެ މުހިންމު ކަމުގެ ވާހަކައަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް