ads
ޔާމީން އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަރިހުގައި
ރައީސް ޔާމީން ބަންދުގައި ހުންނަވަން ޖެހެނީ ޖަމީލްގެ މަކަވެރިކަމުން: އަބްދުއް ރަހީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދިވެސް ބަންދުގައި ހުންނެވީ އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ހީލަތްތެރިކަމާއި މަކަރުވެރިކަމުގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ މެމްބަރު އަހުމަދު ތޯރިގުގެ ކެމްޕޭނު ފެށުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުރަހީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީ މަގުމަތި ކުރުވުމަށް މަސައްކަތް ކުރަން އުޅުނީ ފެށުނީއްސުރެ ވެރިކަމުގެ ދަހިވެތިކަމުގައި އުޅުނު ބަޔަކު ކަމަށާއި ކުރީގެ ރައީސް ޔަމީންގެ އަރިހުގައި މިހާރު އެތިބީ އެ މީހުން ކަމަށެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަށް އެމަނިކުފާނުގެ ހިތުގައި އަދިވެސް ލޯތްބާއި އިހުތިރާމާއި ގަދަރު އެބައޮތް ކަމަށެވެ. 

މިދިޔަ ހަފްތާގައި ޔާމީން ވަނީ، އެމަނިކުފާނު މިނިވަން ކުރައްވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުނުކުރައްވާ ކަމަށާއި އަދި ޕޯޑިއަމްގައި ވާހަކަ ދައްކަވަން ފުރުސަތުނުދޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވާފައި އެވެ. 

"ޕީޕީއެމްއަށް 2018ގައި އިންތިހާބު ނާކާމިޔާބުވެ ދެން އައި ފަސް އަހަރަކީ އުނދަގޫ ދުވަސްތަކެއް. ވެރިކަމާއި މަޖިލިސް ގެއްލުނީމާ ތިބީ މަގުމަތިވެފައި" އަބްދުރަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދިނުމަށް ދަތީގައި ބުރަ މަސައްކަތް ކުރިއިރު، އަލުން ފަސް އަހަރު މަގުމައްޗަށް ދާން ޖެހިދާނެ ކަމުގެ ބިރު ހީވި ކިތަންމެ ފަހަރެއް އައި ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

your imageރައީސް ޔާމިންގެ ކެމްޕޭނު އިވެންޓެއްގެ ތެރެއިން: 

އެކަމަކު ޕާޓީ އަށް އެންމެ މުހިއްމީ ދިވެހި ގައުމުކަމަށާއި ކަންހިނގާ ދިޔަ ގޮތްޕޯޑިއަމް ލިބުނީމާ ކިޔައިދޭނެ ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުން ދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"ކަންހިނގާ ދިޔަ ގޮތް އަޅުގަނޑަށް ވުރެ ރަނގަޅަށް ކިޔައިދެވޭނެ މީހަކު މި ރާއްޖޭގައި ނުހުންނާނެ،" އަބްދުރަހީމް ވިދާޅުވި އެވެ.

ޖަމީލް، ޔާމީންގެ މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފު ކުުރުން ލަސްކުރެއްވީ ވެސް ވެރިކަމަށް ދަހިވެތިކަން އޮތްވަރުން ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ. 

"އޮޕްޝަނެއް ހޯދަން ވިދާޅުވީ. ޕްލޭންތައް އަޅުގަނޑުމެންނަށް ލިޔެފައި ފޮނުއްވީ އަޅުގަނޑުމެންގެ އޭރުގެ ލީޑަރު. އެއާ އެއްގޮތަށް އަމަލު ކުރީ. ހިޔާނާތްތެރިއެއް އަޅުގަނޑުމެން ނުވަން. ބޭވަފާތެރިއެއް ވެސް ނުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެންމެ މަތީ ކޯޓުގެ އެ ނިންމުމާ އެކު އިންތިހާބު ބޮއިކޮޓު ކުރަން ޔާމީން އެންގެވި ނަމަވެސް އެކަން ކުރެވެން ނެތް ކަމަށާއި އެއީ ސަޕޯޓަރުން ވެސް ބޭނުންވި ގޮތް ނޫން ކަމަށް ވެސް ޔާމިން އަށް އެންގެވި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް