މާލޭ ސިޓީ ކައުންސިލްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެ އިދާރާއިން ބުނީ މާލޭސަރަހައްދުގައ މުދާ ދޫކުރާނީ މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށާއި - މާލެ ސަރަހައްދުގައ މުދާ ދޫކުރަނީ 16 މާޗް 2024 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ އިދާރާއިން ބުނީ މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން ހަވީރު 16:00 އަށްކަމަށާއި ރޭގަނޑު 20:30 އިން 23:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އަދި ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވަނީ ހެނދުނު 9:30އިން މެންދުރު 13:00 އަށް ކަމަށާއި ރޭގަނޑު 21:00 އިން 23:30 އަށް ކަމަށް އެ އިދާރާއިން ބުނެ އެވެ.
މުދާ ދޫކުރާނީ
- މާލޭ ގަލޮޅު ދަނޑު
- މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި
- މާލޭ ސޯޝަލް ސެންޓަރ
- ވިލިމާލޭ ބިއްރި މިސްކިތް ހޯލް
- ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިން
- ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރުން
ހަދިޔާ ބަލައި ވަޑައިގަންނަވަން ވާނި ދިވެހި ރައްޔިތެއްކަމަށާއި ހަދިޔާ ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކަމަށް ސިޓީ ކައުންސިލްއިން ބުނެ އެވެ
ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ،ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންނަންވާނެ ކަމަށް ސިޓީ ކައުންސިލް އިން ބުނެ އެވެ.
ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން ފަށާނީ 06 މާރިޗު 2024އިން ފަށާފައިވާ ކަމަށާއި އެމުދާ ގޭބީސީތަކަށް ދޫކުރާނީ ރަށު ކައުންސިލުންކަމަށް އެ އިދާރާއިން ބުނެ އެވެ.