ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން 4-2 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދި ބ. އޭދަފުށި ޓީމު، ތަށި ހިފައިގެން ރަށަށް ދިޔައީ ހުކުރު ދުވަހު މެންދުރު ފަހުއެވެ. ތަށި ހިފައިގެން ޓީމު ރަށަށް ދިޔުމުން، ރަށުގެ ރައްޔިތުން ނުކުމެ، ޓީމަށްވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.
އޭދަފުށި ޓީމުން ވަނީ މީގެ ކުރިން 2019 ވަނަ އަހަރު މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެކަމަކު، އެ ފަހަރު ތ. ތިމަރަފުށި އަތުން ބަލިވީ އެވެ.
މި އަހަރުގެ މުބާރާތް އޭދަފުށިން ކާމިޔާބުކުރިއިރު, މި މުބާރާތުގެ "ކިންގް އޮފް ޓޯނަމެންޓް" އަކީ އޭދަފުށީގެ އިޝާން އިބްރާހީމް "ސައްޓު" އެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ އޭދަފުށީގެ ކެޕްޓަން އަބްދުالله ނާސިހު އެވެ.