ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުރެންދޫގެ ބިން ފުރިފައި އޮތުމަކީ ރަށުގެ އިގްތިސާދު ކުރިއަރުވަން ދިމާވެފައިވާ ބޮޑު ހުރަހެއްކަމަށެވެ. އެހެންކަމުން ޅޮސްއަލަފުށްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކުރެވެން އިތް މަސައްކަތެއް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ޅޮސްއަލަފުއްޓާއި ގުޅުން ހުރި އެކި އެއްބަސްވުންތައް ހުރުމުން އެރަށް ކުރެންދޫއަށް ދެވޭނީ އުސޫލުތަކުގެ ދަށުން އެ އެއްބަސްވުންތައް ބާތިލުކޮށްގެންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ފާދިއްޕޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު 3 ރަށަކަށް ޒިޔާރައް ކުރުމަށްވަނީ ހަމަޖެހިފަ އެވެ.