ads
ރޯދަ ސާފު ޕްރޮގްރާމްގެ ތެރެއިން
ރޯދައަށް މާލޭގެ މަގުތައް ސާފުކޮށްފި
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ކުރިޔަށް ގެންގޮސްފި އެވެ.

"ރޯދަ ސާފު" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދު ސާފުކުރުންމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ މިއަދު އެވެ. 

މާލެ ސަރަހައްދު ސާފުކުރުމުގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައެވެ.

މާލެއާއި ހުޅުމާލެއާއި ވިލިމާލެ 7 ބަޔަކަށް ބަހާލުމަށްފަހު މި ހަރަކާތުގައި ބައިވެރިވި މުއައްސަސާތައް ޓީމުތަކަކަށް ބަހާލައި، އެކި ޓީމުތަކުން އެކި ބައިތައް ސާފުކުރާގޮތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެޗްޑީސީ އާއި ވެމްކޯ ގުޅިގެންނެވެ.

"ރޯދަ ސާފު" ހަރަކާތުގައި އެ ދެ ކުންފުނީގެ އިތުރުން ގިނަ މުއައްސަސާތަކަކުން ބައިވެރިވެފައިވެއެވެ.

މިއަދު ހެނދުނު 6 އިން މެންދުރު 12 އަށް މި ހަރަކާތް ކުރިއަށް ގެންދިޔައިރު، "ސާފު ރޯދަ" ހަރަކާތް ފެށުމުގެ ގޮތުން މިއަދު ހެނދުނު މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

your image"ރޯދަ ސާފު" ޕްރޮގްރާމްގެ ތެރެއިން 



މި ރަސްމިއްޔާތުގައި ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއި އެ މިނިސްޓްރީގެ އިސްވެރީންނާއި މުވައްޒަފުންގެ އިތުރުން ސާފުކުރުމުގެ ހަރާތުގައި ބައިވެރިވި މުއައްސަސާތަކުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މި އަހަރުގެ ރޯދައާ ދިމާކޮށް ކުރިއަށްގެންދާ "ރޯދަ ސާފު" ހަރަކާތަކީ ޒަމާނުއްސުރެ ދިވެހީން ދަމަހައްޓަމުންއައި ސާފުތާހިރުކަމުގެ ރީތި އާދަތަކަށް ހިތްވަރުދީ، ރައްކާތެރިކަމާ ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ އާދަ އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އަހަރުގެ މި ހަރަކާތުގައި ގިނަ އަދަދެއްގެ ރަށު ކައުންސިލުތަކުން ވެސް ވަނީ ބައިވެރިވެ، ރަށްރަށުގައި ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. "ރޯދަ ސާފު" ހަރަކާތަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ރޯދަ މަހަކާ ދިމާކޮށް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް