ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ސިޔާސީ ފިކުރަށް ނުބަލާ ހިންނަވަރަށް ދޭން ޖެހޭ ހައްގު ދޭނަން: ރައީސް
ސިޔާސީ ފިކުރަށް ނުބަލާ އެރަށަކަށް ދޭންޖެހޭ ހައްގު ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ހިންނަވަރަށް ވަޑައިގެން އެ ރަށު ގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމަށް ވިޔަސް ކޮންމެ ރައްޔިތަކީވެސް އެ މަނިކުފާނު ކުރިމަތީގައި ހަމަ ހަމަ ބައެއް ކަމަށެވެ. 

އެ މީހެއްގެ ސިޔާސީ ވިސްނުމަކީ މުހިންމު އެއްޗެއް ނޫންކަމަށާއި ކޮންމެ ރައްޔިތަކު ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުރި ކަމަށް ވިޔަސް ނުވަތަ ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް މުހިންމު ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ހިންނަވަރުގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އަންނަ ތަރައްގީގެ އުންމީދުތައް މިހާތަނަށް އައިރު ވެސް ފެންނަން އޮތީ ނުނިމި އުންމީދުގެ ތެރޭގައި އޮންނަ ތަން ކަމަށެވެ. 

އެހެން އެކަން ދިމާވި ސަބަބަކީ ހިންނަވަރަކީ ވަކި ބައެއްގެ މިލްކެއްގެ ގޮތުގައި، "ފުލް ކޮންޓްރޯލް" އޮތް ކަމަށް ދައްކައިގެން އުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

your imageރައީސް ޑރ. މުހައްމަދު މުއިއްޒު ހިންނަވަރުގައި -- ފޮޓޯ: ރައީސް އޮފީސް

ހިންނަވަރުގައި ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވި އެ މަޝްރޫއު މަޑު ޖެހިފައިވަނީ މިދިޔަ ސަރުކާރުން، އެ މަޝްރޫއާ ގުޅުން ހުރި ބިލުތަކަށް ފައިސާ ނުދައްކައި ހުރުމުން ކަމަށެވެ. އެ މައްސަލަ އެހެން ރަށްރަށުގެ މަޝްރޫއުތަކަށް ވެސް ދިމާވެފައިވާ ކަމަށާއި މިދިޔަ ސަރުކާރުން ނުދައްކާ ހުރި ބިލުގެ ފައިސާގެ އަދަދު 9000 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމަށް ވިޔަސް، އަޅުގަނޑު ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން. ކޮންމެ ރައްޔިތަކު ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުރި ކަމަށް ވިޔަސް ނުވަތަ ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް އަޅުގަނޑަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.

މި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ހިއްކި ބިމުގައި ފެނާއި ކަރަންޓާއި މަގު ހަދައި، އިންފްރާސްޓްރަކްޗާ ގާއިމްކޮށްދޭނެ ކަމަަށާއި ހިންނަވަރު ހިމެނޭހެން ބިން ހިއްކުމަށް ފަހު، ބޭނުން ނުހިފި ހުރި ރަށްރަށުގެ ހިއްކި ބިމުގައި ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިންނަވަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސާއި ސޯލިހު ވާދަކުރެއްވިއިރު، ހިންނަވަރުން ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ސޯލިހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް