ބަޔާނުން މިއަދުވަނީ އަށް ލަނޑު އެއް ލަނޑުން މޮޅުވެފައެވެ. މި މެޗުގައި ހެރީ ކޭން ހެދި ހެޓްރިކަކީ ބަޔާންއަށް އޭނާ ހަމަކޮށްދިން ހަތަރުވަނަ ހެޓްރިކެވެ.އުމުރުން 30 އަހަރުގެ އިންގްލެންޑްގެ ކެޕްޓަން ކޭން ވަނީ ބުންޑެސްލީގާގައި ކުޅުނު 25 މެޗުން 30 ގޯލް ޖަހާފައެވެ.
މިރޭގެ މެޗުން މޮޅުވެ ބަޔާނުންވަނީ އެއްވަނައިގަ އޮތް ބަޔާން ލެވަރކޫސަންއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފައެވެ. ބަޔާންއަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގަ އޮތް ލެވަކޫސަންއަށް 24 މެޗުން 64 ޕޮއިންޓް ލިބިފައިވެއެވެ.