ads
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަ ފެށޭނީ ހޯމައިގައި: މައުމޫން
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަ މަސް ފެށޭނީ ހޯމަ ދުވަހު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފަލަކީ އިލްމުވެރިޔާ ރައީީސް މައުމޫން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ މާޗް މަހުގެ 11 ވަނަ ދުވަސް ކަމުގަ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު، ކަލަންޑަރުގައި ވެސް ދައްކާފައިވަނީ ރޯދަ މަހުގެ އެއްވަނަ ދުވަހަކީ މާޗް މަހުގެ 11 ވަނަ ދުވަސް ކަމަށެވެ. އަދި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށް ފާހަގަކޮށްފައިވަނީ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހެވެ.

ރޯދަ އަށް ހަނދު ބެލުމުގެ ކަންކަން އެހެން އަހަރުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން މާދަމާ ކުރިއަށްގެންދާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ.

މި މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން މި އަހަރުގެ ރޯދަމަހުގެ ހަނދުގެ ސާބިތުވުމާ ހަމަޔަށް ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކުގެ އިތުރުން އަތޮޅު ކައުންސިލްގެ އިދާރާތައް ވެސް ހުޅުވާފައި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

އާއްމުގޮތެއްގައި ރާއްޖޭގައި އަމަލުކުރާ އުސޫލަކީ އިސްލާމީ ބޮޑެތި ގައުމުތަކަށް ހަނދު ފެނިއްޖެ ކަމަށް އެ ގައުމުތަކުން އިއުލާނުކޮށްފި ނަމަ އެއާ އެއްގޮތަށް ހަނދު ސާބިތު ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް