ads
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ހުރި 281 ވެހިކަލް ނައްތާލުން - ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ބޭނުންނުކޮށް މަގުތަކުގައި ހުރި 281 އުޅަނދު ނައްތާލައިފި
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ހުރި 281 އުޅަނދު ނައްތާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މިދިޔަ ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން 123 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ.

މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ޖުމުލަ 281 އުޅަނދެއް ނައްތާލާފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ މާލޭގެ މަގުތަކަކީ ސާފު އަދި ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ފަސޭހަ ތަނަކަށް ހެދުމެވެ. އަދި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި އުޅަނދުތައް ޕާކުކުރުމުގެ މައްސަލައަށްވެސް ހައްލެއް ގެނައުމަކީވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގުސަދެއްކަމަށް އެ ވުޒާރާއިން ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ވެހިކަލް ތޮއްޖެހުމާއި، ޕާކިން މައްސަލައަކީ ބޮޑު މައްސަލައެވެ. އަދި ވެހިކަލް ހަލާކުވެ މަގުތަކަށް ދޫކޮށްލާފައި ހުންނަ މައްސަލައަކީވެސް ހައްލު ހޯދިފައި ނުވާ މައްސަލައެވެ.

"ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމް" ހިންގަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް