ads
ނަތީޖާ ފާޅު ކުރުމުގެ ރަސްމީޔާތުގެ ތެރެއިން
ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފި
ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފި އެވެ

މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމީޔާތުގައި އެކެޑަމީން ބޭއްވި 4 މުބާރާތެއްގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް އިނާމު ދީފައިވެ އެވެ.

އެއީ އަލްއުސްތާދް އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ ގައުމީ މުބާރާތާއި، ހުތްއަލި ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެން ހެދުމުގެ ގައުމީ މުބާރާތާއި، އަލްއުސްތާދް މުހައްމަދު ޖަމީލް ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތާއި، އައްޝައިހް މަލިން މޫސާ މާފަތްކަލޭގެފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތެވެ. މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ ދަރިވަރުންގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.  

your imageނަތީީޖާ ފާޅު ކުރުމުގެ ރަސްމީޔާތުގެ ތެރެއިން 

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރާ ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ދިވެހިބަސް ސަލާމަތްކުރަންޖެހޭ ކަމުގެ ވާހަކަ ވަރަށް ގިނައިން އިވޭ ކަމަށާއި  ދިވެހިބަހަށް އިސްކަންދިނުމުގެ ގާނޫނެއް ހެދިފައި އޮތް ނަމަވެސް، ބަސް ސަލާމަތްކުރަންޖެހޭކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދައްކަނީ ކީއްވެގެންކަމާމެދު ވިސްނަންޖެހޭކަމަށެވެ.

"ގާނޫނެއް ހެދިފައި އޮތަސް ދިވެހިބަސް ސަލާމަތްކުރެވޭނީ ބަސް ސަލާމަތްކުރަންޖެހޭކަން ގިނަ ބަޔަކު ގަބޫލުކޮށްގެން ކަމަށާއި، އަދި ބަސް ސަލާމަތްކުރަންޖެހޭކަން ގަބޫލުކުރެވޭނީ ބަހުގެ މުހިންމުކަން އެނގިގެން" އާދަމް ނަސީރު ވިދާޅުވި އެވެ.

މީގެއިތުރުން ދިވެހި ގައުމިއްޔަތުގައި ދިވެހިބަސް އަދާކުރާ ދައުރާއި ބަސް މުހިންމުވާ ސަބަބުތައް ގިނަ ބަޔަކަށް އެނގެންޖެހޭ ކަމަށާއި އެސަބަބުތައް ދަނެގަނެވި އެނގިގެން ބަސް ސަލާމަތްކުރުމަށް ގިނަ ބަޔަކު މަސައްކަތްކޮށްފިނަމަ ބަސް ދެމެހެއްޓޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ގިނަ ބަޔަކު ދިވެހިބަހަށް ހޭލުންތެރިކުރުމުގެ މަޝްރޫޢެއް ކަމާގުޅޭ އިދާރާތަކާއި މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދިޔުމަށް ރާއްވަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް