ads
ހިތަދޫ-ހުޅުމީދޫ ބްރިޖު ޑިޒައިން ކުރުމުގެ ސާވޭ ކުރަނީ. -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ހިތަދޫ/ހުޅުމީދޫ ބްރިޖު ޑިޒައިން ސާވޭ ނިމިއްޖެ
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް މިއަދު ނިންމައިފި އެވެ.

މި ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ބުނީ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އިން ސާވޭގެ މަސައްކަތް މިއަދު ނިންމާފައިވާ ކަމަށެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމީދު އާއި ހިތަދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.

އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

މި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމަނުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް