ads
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓުން އޮންލައިން ޝަރީއަތް އަލުން ފަށަނީ
ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ޝަރީޢަތުގެ އަޑުއެހުންތަކާއި، ބަންދު މަޖިލިސްތައް، އަނެއްކާވެސް އޮންލައިންކޮށް ބާއްވަން މިއަދު ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު އެކަން ހާމަކޮށް ކުރި އިއުލާނުގައިވަނީ، އެ ކޯޓުގެ ސާވާ ރައްކާތެރި މާހައުލަކަށް މިހާރު ބަދަލުކޮށްފައިވާތީ، މާދަމާއިން ފެށިގެން އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކޯޓުގެ ޣާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ޝަރީޢަތްތައް އަޑުއެހުމުގެ ގޮތުންނާއި ޝަރީޢަތް އަޑުއެހުމަށް ބޭނުންވާ ނޫސްވެރިންނަށް ވެސް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް ހުއްޓުނީ، މި އަހަރު ފެށިގެން އައިއިރު، ރާއްޖެއަށް ކުރަމުން އައި ވިއްސާރައިގެ ސަބަބުންނެވެ. އޭރު ކްރިމިނަލް ކޯޓުން ބުނީ، ވިއްސާރައިގެ އަސަރު ކޯޓުގެ ކަރަންޓު ވިއުގައަށް ކުރަމުން އަންނަ ކަމަށާއި ސާވާތަކަށް ފެނުގެ އަސަރުކޮށް، އެކި ވަގުތުތަކުގައި، ނެޓްވޯކް ކެނޑެމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް