ads
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް
ސައުދީގައި ބަންގްލަދޭޝް ފުޓްބޯޅަ ޓީމު ފްރެންޑްލީ މެޗުތަކެއް
ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މުހިއްމު މެޗުތަކުގެ ކުރިން ސައުދީ އަރަބިއްޔާގައި ސޫދާނާ ދެކޮޅަށް ބަންގްލަދޭޝް ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ ދެ ޕްރެކްޓިސް މެޗެއް ކުޅެން ނިންމައިފި އެވެ.

ފުރަތަމަ މެޗު ހުކުރު ދުވަހުގެ ރޭ ކުޅޭއިރު ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ކަމަށް ބަންގްލަދޭޝްގެ ޓީމުގެ މެނޭޖަރު އަމަރު ޚާން ކަށަވަރުކޮށްދީފައިވާއިރު، ދެ މެޗުވެސް ވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދައެވެ. މި ދެ ޕްރެކްޓިސް މެޗު ވެސް އޮންނާނީ ބަންގްލަދޭޝް ޓީމުން ތައްޔާރީ ކޭމްޕް ބާއްވަމުން އަންނަ ކިންގް ފަހުދު ސްޕޯޓްސް ސިޓީގައި އެވެ.

ހެޑް ކޯޗު ހާވިއާ ކަބްރޭރާ ލީޑު ކުރާ 28 މެމްބަރުންގެ ބަންގްލަދޭޝް ސްކޮޑް މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ތާއިފް ސިޓީގައި 15 ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި ސައުދީ އަރަބިއްޔާއަށްވަނީ ގޮސްފަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މާޗް 22 ވަނަ ދުވަހު ކުވައިތުގައި ކުޅޭ ރަށުން ބޭރުގައި ކުޅޭ ގްރޫޕް ފިކްސްޗާގައި ބަންގްލަދޭޝް ފަލަސްތީނާ ދެކޮޅަށް ނުކުންނާއިރު، އޭގެ ހަތަރު ދުވަސް ފަހުން ކުޅޭނީ ހޯމް މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް