ads
އާސެނަލްގެ ކޯޗު
އާސެނަލް އެއްވަނައިގައި، އެކަމަކު މިރޭ ވެއްޓިދާނެ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 2-1 އިން މޮޅުވެ، އާސެނަލް ތާވަލްގެ އެއް ވަނަ އަށް އަރައިފިއެވެ.

އާސެނަލް އެއްވަނަށް އެރީ، ކީޕަރު އާރަން ރަމްސްޑޭލް ހެދި މިސްޓޭކެއްގެ ސަބަބުން، ބްރެންޓްފޯޑާ އެއްވަރުވާން ދަނިކޮށް ކައި ހަވާޓްޒް ފަހު ވަގުތު ޖެހި ލަނޑާއެކުވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުން ފުރަތަމަ އާސެނަލް އެއް ވަނަ އަށް އެރީ 64 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި 63 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު، 62 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއެވެ. މިރޭ، ލިވަޕޫލުން ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ނިމެންދެން، އާސެނަލް އެއްވަނައިގައި އޮންނާނެ އެވެ. މި މެޗު ފެށޭނީ 8:45 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް