ads
މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ބައްދަލުވުން
ރަމަޟާން މުބާރިކް: މާދަމާ އަކީ މުލަ ރޯދަ ދުވަސް
މާދަމާ (މާރިޗް 11، 2024) އަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ދެންމެ ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ދެންމެ ބޭއްވި، ހަނދު ސާބިތުކުރުމުގެ ޖަލްސާގައި ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ޝައުބާން މަހުގެ 29 ދުވަސް ހަމަވެ، އެ މަހުގެ 30 ވިލޭ ރޭ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުރިކަން ޝަރުއީ ހަމަތަކުން ސާބިތުވެފައި ވާތީ އެވެ.

މިއަދު ހަނދު ފެނިގެން، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅި ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ، ޖޯޑަން، ޔޫއޭއީ އަދި ފަލަސްތީން ހިމެނެ އެވެ.

your imageރާއްޖެއިން ހަނދު ފެނޭތޯ ބަލަނީ

އޮސްޓްރޭލިއާ، މެލޭޝިއާ، ބްރޫނާއި އަދި އިންޑޮނޭޝިއާއިން ވަނީ ރަމަޟާން މަހުގެ ހަނދު މިއަދު ފެނިފައި ނުވާތީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 12 ވާ އަންގާރަ ދުވަސް ކަމަށް ނިންމާފަ އެވެ.

ދިވެހިރާއްޖޭގައި ރަމަޟާން މަސް ފެށުމުގައި އަމަލު ކުރާ އުސޫލަކީ ދިވެހިރާއްޖެއަށް އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ރެއެއްގައި ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ދެން ޖެހިގެން އަންނަ ދުވަހު ރޯދަ ހިފާން ފެށުމެވެ.

ފަލަކީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ރޯދަ މަހުގެ ދިގުމިނަކީ 30 ދުވަހެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް