ads
ލިވަޕޫލް ސިޓީ މެޗުގެ ތެރެއިން
ސިޓީއާ ލިވަޕޫލް އެއްވަރުވުމުން ހުރިހާ މޮޅެއް އާސެނަލްއަށް
ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް މިރޭ ކުޅުނު މެޗު އެއްވަރުވުމުން، އާސެނަލްއަށް އެއްވަނައިގައި އޮތުމަށް އިތުރު ފުރުސަތެއް ލިބިއްޖެއެވެ.

ލިވަޕޫލްއާ ސިޓީ މެޗު މިރޭ އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. 

މި މެޗުގައި ކުރިން ލަނޑު ޖަހައި ލީޑު ނެގީ ސިޓީންނެވެ. ސިޓީން މެޗުގެ 23 ވަނަ މިނިޓުގައި ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް ލިވަޕޫލުން އެއްވަރުކުރީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. 

މި މެޗު އެއްވަރުވުމާއެކު، އެއްވަނައިގަ އޮތް އާސެނަލް އަށް އެއްވަނައިގައި ދެމި އޮތުމަށް އިތުރު ފުރުސަތެއް ލިބުނީއެވެ. އާސެނަލް އެއްވަނައިގަ އޮތީ 28 މެޗުން 64 ޕޮއިންޓާއެކުއެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ، ހަމަ އެ އަދަދަށް ލިވަޕޫލަށްވެސް ޕޮއިންޓް ލިބިފައިވެއެވެ. އެހެންނަމަވެސް އާސެނަލް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގަ ސިޓީ އޮތީ 28 މެޗުން 63 ޕޮއިންޓާއެކުއެވެ. މި މެޗުން ޓީމެއް މޮޅުވި ނަމަ އެ ޓީމަށް އެއްވަނަ ލިބުނީހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް