ads
ރައީސް ޑރ . މުހައްމަދު މުއިއްޒު
މަސްވެރިންނަށް ފައިސާދީ ނިންމާ ބެކްލޮގްް ސާފުކޮށްފިން: ރައީސް
މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާ ބެކްލޮގް ކްލިއަރކޮށްފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަސްވެރިން މަސްކިރުވާ ދޭންޖެހޭ ހުރިހާ ފައިސާއެއް ރޯދަ މަސް ފެށުމުގެ ކުރިން ދީ ނިންމާނެކަމަށްް މިމަހުގެ 3 ވަނަދުވަހު ރައީސްް މުއިއްޒު ވިދާޅުވީ ދުވާފަރު ރައްޔިތުންނާ ބައްދަލަުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

" މިއަދު ދެވުނު ފައިސާއާއެކު މަސްވެރިންނަށް މިިދިޔަ ހުކުރު ދުވަހާއި ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ މަސްވެރިންގެ ބެކްލޮގް އެއްކޮށްް ކްލިއަރ ކުރެއްވިއްޖެ" ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ރޭ ބުނީ 7 މާރިޗު 2024 ގެ ނިޔަލަށް މަސްވެރިންނަށް ދައްކަންޖެހި ނުދެއްކި ހުރި ފައިސާގެ ތެރެއިން 157 މިލިއަން ދޫކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފަރާތުން ކުރަމުން ދާކަމަށެވެ. އަދި މި ބައި ޖަމާކޮށް ނިމުމުން މަސްވެރިންނަށް ނުދެއްކި ހުރި ހުރިހާ ފައިސާއެއް ދައްކާ ނިމޭނެ ކަމަށް އެ ވުޒާރާއިންވެސް ވަނީ  ބުނެފައެވެ. 

" ރޯދަމަސް އަންނަންވާއިރަށް މި ބަލަނީ ކޮންމެވެސް ފައިނޭންސް މެކޭނިޒަމެއް ހަމަޖައްސަން. އެ މަސައްކަތް އެބަކުރަން މިހާރު. ފިޝަރީޒް މިނިސްޓްރީއާ ސަރުކާރުގެ ބޮޑު ކުންފުންޏެއް އެކީގައި މަސައްކަތްކޮށްގެން، ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު މިބަލަނީ ފައިސާ ހަމަޖައްސަން." ރައީސް މިމަހުގެ 3 ވަނަދުވަހު ދުވާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ސަރުކާެުން ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ކްލިއަރ ކުރެވުމުން ރައީސް މުއިއްޒު ވަައުދުވެޑައިގެން ގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރަމުން ގެންދާނެކަމަށެވެ. މަސްވެރިން ކިރުވާ މަހަށް 48 ގަޑިއރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް