ads
ޒުވާން ހަތީބުން ޕްރޮގްރާމްގެ ބައިވެރިންނާއި އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވަނީ
ސާނަވީ ނިންމާ ކޮންމެ ކުއްޖަކު ވެސް އިމާމަކަށްވުމަށް ގާބިލް: ޑރ.ޝަހީމް
ސާނަވީ އިމްތިހާން ނިންމާ ކޮންމެ ކުއްޖެއްގެ ކިބައިގައި އިމާމުވެ ނަމާދުކުރުމާއި ހުތުބާކިޔުމުގެ ޤާބިލްކަން ހުންނާނެކަމަށް އިސްލާމިކް އެފެއާރްސް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބައި ނިންމި ކުދިންނަށް ރަސްމީ ހުއްދަ ދޫކުރުމަށް ބޭއްވި ރަސްމިއްޔާތު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެކުރިން އޮންނަ ގޮތުން އިމާމުކަމުގެ ސަނަދު ލިބެނީ ގުރޭޑު 10 ނިންމުމަށްފަހު އިމާމް ކޯހުގެ ސެޓްފިކެޓު 3 ފުރިހަމަކުރުމުންކަމަށާއި އެހެންނަމަވެސް މިއަށް ވުރެ ލުއި ގޮތްތަކެއް މިކަމަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ފަހިކޮށްދެންޖެހޭކަމަށެވެ. 

ޑރ. ޝަހީމް ވިދާޅުވީ ގުރޭޑު 10ގެ އިސްލާމީ މުޤައްރަރު ވަރަށް ރަނގަޅުކަމަށާއި އެ މުގައްރަރުގައި ބައެއް ފިގުހު ކޯސްތަކުގައި ކިޔަވައިދޭ މައުލޫތައްވެސް ހުންނަކަމަށެވެ.

އަދި އެ މުގައްރަރުގެ ދަށުން ގްރޭޑް 10 ނިންމާ ކުދިންގެ ކިބައިގައި އިމާމްކަން ކުރުމުގެ ގާބިލިއްޔަތު ހުންނާނެ ކަމަށާއި އެކުދިންނަށް ލިބިފައިވާ ގުރުއާން ކިޔެވުމުގެ ހުނަރު ބޭނުންކުރުމުގެ ފުރުސަތު، މިފަދަ ޕްރޮގުރާމުތަކުގެ ތެރެއިން ފަހިކޮށްދެންޖެހޭކަމަށް މިނިސްޓަރި ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަޝްރޫއުގެ ދަށުން ތަމްރީނު ޕްރޮގުރާމް ނިންމާ ދަރިވަރުންނަށް ހުކުރު ކުރުމާއި ޢީދު ނަމާދުކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ކަމަށާއި  ފުރަތަމަ ބައިގައި ތަމްރީން ނުދެވޭ، އެހެންނަމަވެސް އިންޓަވިއުއިން ފާސްވެފައިވާ ކޮންމެ ކުއްޖަކަށް ޕްރޮގުރާމުގެ ދެވަނަ ބައިގައި ތަމްރީނު ދެވޭނެ ކަމަށެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ކުދިންނާއި ވަނީ އިންޓަރވިއުކޮށްފައިވާ އިރު އިންޓަވިއުއިން ފާސްވި ކުދިންގެ ތެރެއިން 77 ކުދިންނާއެކު ޕްރޮގުރާމުގެ އަމަލީ ތަމްރީނުތައް މާލޭގައި ފެށީ މިދިޔަ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ތަމްރީނުތަކުގެ ފުރަތަމަ ބައި 57 ކުއްޖަކު ނިންމައި، ސެޓިފެކެޓު ހާސިލްކޮށްފައިވެއެވެ.

ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް